މާލެ: 31°C
ހުރިހާ ހައްޖުވެރިން އަރަފާތުބިމަށް ގޮސްފި

ހުރިހާ ހައްޖުވެރިން އަރަފާތުބިމަށް ގޮސްފި

June 15, 2024
3 ފަހަރު ބަލާފައި
ހުރިހާ ހައްޖުވެރިން އަރަފާތުބިމަށް ގޮސްފި
މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދި އަރަބިއްޔާއަަށް ދިޔަ ހުރިހާ ދިވެހި ހައްޖާޖީން އަރަފާތު ބިމަށް ގޮސްފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ހައްޖުގެ އެންމެ މުހިއްމު ރުކުންކަމަށްވާ އަރަފާތު ބިމުގައި ތިބުމުގެ ރުކުން އަދާކުރުމަށް ހައްޖުވެރިން ކުރި ދަތުރު ފުރިހަމަކޮށް މިހާރު ހުރިހާ ހައްޖުވެރިން ތިބީ އަރަފާތު ބިމުގައި ކަމަށެވެ. ހައްޖު މަހުގެ 9 ވަނަ ދުވަހުގެ މެންދުރު ފަހުން އަރަފާތު ބިމުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖު ނުލިބޭނެއެވެ. މިއަހަރުގެ ހައްޖުމަހުގެ ހަނދު ސައުދީއަށް ކަލަންޑަރުގައި އޮތް ދުވަހަށްވުރެ އެއް ދުވަސް ކުރިން ފެނިފައިވުމާއި އެކީ ހައްޖު ދުވަސް ވަނީ އަވަސްވެފައެވެ. މިއަހަރު ރާއްޖެއިން ހައްޖަށް ދިޔައީ 1،150 ފަރާތަކުންނެވެ. މީގެ ތެރެެއިން 50 ފަރާތަކީ ހައްޖަށް ދެވޭނެ ފޯރުންތެރިކަން ލިބިފައިނުވާ 1000 ދިވެހި ރައްޔިތުން، ރިޔާސީ މި ދައުރުގައި ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުއްވުމަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން ހައްޖަށް ދިޔަ މީހުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ