މާލެ: 31°C
ލޯންޗެއް ކޮންޓްރޯލްނުވެ، ކިނބިދޫ ނެރު ކައިރިއޮތް ފަސްގަނޑަށް އަރައި ބަޔަކަށް އަނިޔާވެއްޖެ

ލޯންޗެއް ކޮންޓްރޯލްނުވެ، ކިނބިދޫ ނެރު ކައިރިއޮތް ފަސްގަނޑަށް އަރައި ބަޔަކަށް އަނިޔާވެއްޖެ

June 14, 2024
3 ފަހަރު ބަލާފައި
ލޯންޗެއް ކޮންޓްރޯލްނުވެ، ކިނބިދޫ ނެރު ކައިރިއޮތް ފަސްގަނޑަށް އަރައި ބަޔަކަށް އަނިޔާވެއްޖެ
ވަރަށް ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ލޯންޗެއް ކޮންޓްރޯލް ނުވެ، ތ.ކިނބިދޫ ނެރުކައިރި އޮންނަ ފަސްގަނޑަށް އަރައިފިއެވެ. މިނިވަންއަށް މައުލޫމާތުދެމުން ކިނބިދޫއިން ވާހަކަދެއްކި މީހަކު ބުނީ، މި ހާދިސާ ހިނގާފައިވަނީ، ގާތްގަނޑަކަށ17:00 ހާއިރުކަމަށެވެ. މި ހާދިސާ ހިނގިއިރު ލޯންޗުގައި ތިބީ ތިން މީހުން ކަމަށާއި، ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް އޭނާ ބުންޏެވެ. "ލޯންޗު ދުއްވާފައި އައީ ވަރަށް ބާރަށްކަމަށް ޔަގީން. އެހެންވީމަ އެހާވަރުވާނީ. ލޯންޗު އޮތީ ފަސްގަނޑުގައި ހެދިފައިވާ ގަސްތަކުތެރޭގައި" އޭނާ ބުންޏެވެ. [caption id="attachment_104041" align="alignnone" width="631"] ކިނބިދޫ މަތިން.. ރަތްކުލައިގައި ބޮޅުއަޅާފައި އެވަނީ ލޯންޗު ގޮސް އެރި ފަސްގަނޑު....[/caption] މިކަމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ "ވެލިމާ" ނަމަކަށް ކިޔާ ލޯންޗެއް ހަވީރު 17:00 ހާއިރު ކިނބިދޫ ނެރުކައިރި އޮންނަ ފަސްގަނޑަށް އެރިކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ. މި ހަދިސާ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ