
މިފަހަރުގެ ޢީދު، ފެން އީދަކަށް ވާނޭކަމަށް ލަފައެއް ނުކުރެވޭ: މެޓް އޮފީސް
މިފަހަރުގެ ޢީދު، ފެން އީދަކަށް ވާނޭކަމަށް ލަފައެއް ނުކުރެވޭ: މެޓް އޮފީސް
ލިޔުން:
މިފަހަރުގެ ޢީދު، ފެން ޢީދަކަށް ވާނޭކަމަށް ލަފާ ނުކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
ކުރިއަށްއޮތް ފަސް ދުވަހު ރާއްޖޭގެ މޫސުން ލަފާކުރާނޭ ގޮތާ ބެހޭގޮތުން މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ބުނެފައިވަނީ، ޢީދު ދުވަހާއެކު، ކުރިއަށްއޮތް ފަސްދުވަހުގެ މޫސުން ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ ބައެއް ރަށްތަކަށް ކެރޫގެ އަސަރު ކުރިނަމަވެސް، ދުވަހުގެ ބޮޑުބައިގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މޫސުން ރަނގަޅުވާނޭ ކަމަށެވެ.
ވައިޖެހޭނޭކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި، ހުޅަނގުން ގަޑިއަކު 8-18 މޭލު ބާރުމިނުގައެވެ. އެހެންކަމުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވި ނަމަވެސް ރާޅުގެ އުސްމިން ހުންނާނޭކަމަށް ލަފާކުރެވެނީ 5-3 ފޫޓާ ދެމެދުގައެވެ.
މިހާރު ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ ފަސްވަނަ ނަކަތް ކަމަށްވާ މިއަހެލި ނަކަތެވެ. މި މޫސުމުގައި ވައި ޖެހޭލެއް ބާރުވާއިރު، ޢާންމުގޮތެއްގައި ވައިޖެހޭނީ ސީދާ ހުޅަނގުންނެވެ. ދަތުރުފަތުރުކުރަން ދަތިވާ ވަރަށް ކަނޑުތައްވެސް ގަދަވާނެއެވެ. އެހެންވުމުގެ ސަބަބުން މި ނަކަތުގައި މަސްވެރިކަން ދަށްވާނޭކަމަށް މޫސުމާ ބެހޭ މާހިރުން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
