މާލެ: 31°C
ދިވެހި ހައްޖާޖީން މިނާއަށް އަންނަން ފަށައިފި

ދިވެހި ހައްޖާޖީން މިނާއަށް އަންނަން ފަށައިފި

June 14, 2024
3 ފަހަރު ބަލާފައި
ދިވެހި ހައްޖާޖީން މިނާއަށް އަންނަން ފަށައިފި
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީއަށް ގޮސްތިބި ދިވެހި ހައްޖުވެރިން ދަތުރުކުރާ ބަސްތައް މިނާއަށް އަންނަން ފަށައިފިއެވެ. ސައުދީގައި ހުންނަ ދިވެހި ހައްޖު މިޝަނުން މައުލޫމާތުދޭ ގޮތުގައި މައްކާގައި ތިބި 1100 އަށްވުރެ ގިނަ ހައްޖުވެރިން ރޭގެ ވަގުތެއްގައިވަނީ މިނާއަށް ދިއުމަށް ދަތުރުފަށާފައެވެ. ދިވެހި ހައްޖުވެރިން މިނާއަށް ދަތުރުކުރަނީ އެމީހުނަށް ހާއްސަކުރެވިފައިވާ ބަސްތަކެއްގައެވެ. މި ބަސްތަކުގައި ދަތުރުކުރާ ހައްޖާޖީންނަށް ދަތުރުގައި ބޭނުންވާ ހުރިހާކަމެއް ހަމަޖެހިފައި ހުރެއެވެ. މިގޮތުން މިހާތަނަށް ދިވެހި ހައްޖާޖީން ދަތުރުކުރާ 18 ބަހެއް މިނާއަށް ވަދެވިއްޖެކަމަށް ހައްޖު މިޝަނުން ބުނެއެވެ. މިނާއަށް ވަދެވުނު ހައްޖާޖީން މިހާރު ތިބީ މިނާގެ ޓެންޓުތަކުގައެވެ. މިނާގައި ޤާއިމްކޮށްފައިވާ މި ޓެންޓުތަކަކީ އޭސީކޮށްފައިވާ ޓެންޓުތަކެވެ. ސައުދީއަށްވެސް މިދުވަސްވަރަކީ ވަރަށް ހޫނުގަދަ ދުވަސްވަރެއްކަމުން އެޤައުމުގެ ސަރުކާރުން ވަނީ މިފަހަރު ވަރަށްބޮޑަށް ތައްޔާރުވެފައެވެ. ސައުދީގެ ކަމާބެހޭ އޮފިޝަލުން ބުނާގޮތުގައި މިފަހަރުގެ ހައްޖު މޫސުމުގައި ސައުދީ ސަރުކާރުން އެންމެބޮޑު ހޭދައެއްކުރަންޖެހުނު އެއްކަމަކީ ހޫނުގަދަ ދުވަސްވަރެއްކަމުން ހޫނު މަޑުކުރުމަށް ކުރަންޖެހުނު މަސައްކަތެވެ. [caption id="attachment_104024" align="alignnone" width="719"] މިނާގެ ޓެންޓުތައް[/caption] އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ހުރިހާ ހައްޖުވެރިން މިނާއަށް ދެވޭނެ ކަމަށާއި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. [caption id="attachment_104027" align="alignnone" width="725"] އިސްލާމިކް މިނިސްޓަރު އެކްސްގައި ކުރެއްި ޕޯސްޓް...[/caption] ދިވެހި ހައްޖުވެރިންގެ ބެލެނިވެރިފަރާތް ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދޭ ގޮތުގައި އެ ކޯޕަރޭޝަނުން ވަނީ ދިވެހި ހައްޖުހެ އެކި މަރުހަލާތަކުގައި ހައްޖާޖީންނަށް ބޭނުންވާނެ ކަންކަން ކޮށްދިނުމަށް ފުރިހަމަޔަށް ތައްޔާރުވެފައެވެ. މިފަހަރުގެ ހައްޖުދުވަހަކީ ހޮނިހިރުދުވަހެވެ. ހައްޖާޖީން މިއަދުގެ ވަގުތެއްގައި މިނާގައި ތިބެފައި އަރަފާތުބިމަށް ދިއުމަށް ދަތުރުފަށާއިރު، އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަނެއްކާވެސް އެނބުރި މިނާއަށް ދިއުމަށް ދަތުރު ފަށާނެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ