
ބައެއް އިންތިހާބުތައް އެކުއެކުގައި ބޭއްވުމުގެ ވިސްނުން އެބަހުރި: އުޝާމް
ބައެއް އިންތިހާބުތައް އެކުއެކުގައި ބޭއްވުމުގެ ވިސްނުން އެބަހުރި: އުޝާމް
ލިޔުން:
ބައެއް އިންތިހާބުތައް އެކުއެކުގައި ބޭއްވުމުގެ ވިސްނުން އެބަހުރިކަމަށް ދައުލަތުގެ ބަންޑާރަނައިބު އަޙުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ޢާއްމުކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ، މިހާރު އޮތްގޮތުން އަހަރުތަކުގެ އެކި ދުވަސްތަކުގައި އިންތިހާބުތައް ތާވަލްކޮށްފައި ހުރުމަކީ ރާއްޖޭގެ ދައުލަތުގެ ބައިތުލްމާލަށްވެސް އޮތް ވަރަށްބޮޑު ބުރައެކެވެ. އުޝާމް ވިދާޅުވީ ބައެއް އިންތިހާބުތައް އެއްކޮށް ބޭއްވޭނެ ފޯމިއުލާއެއް ހޯދިއްޖެނަމަ އޭގެ ސަބަބުން ރައްޔިތުންނަށާއި މުޅި ޤައުމަށްވެސް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ވަރަށް ފައިދާ ކުރާނޭ ކަމަށެވެ.
މިއީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއްކަން ފާހަގަކުރަމުން އުޝާމް ވިދާޅުވީ، މިކަން ކުރެވޭނީ ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ކަމަށެވެ.
އިންތިހާބުތަކަށް ކުރާ ހޭދަކުޑަކުރުމަށް ބައެއް އިންތިހާބުތައް އެކީ އެކުގައި ބޭއްވުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭއިރު، އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބަށް އިލެކްޝަނުން ވަނީ 120 މިލިއަން ރުފިޔާގެ ބަޖެޓެއް ހޯދުމަށް ހުށަހަޅާފައެވެ. ނަމަވެސް މަޖިލީހުން ފާސްކޮށްދިނީ 90 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެންމެފަހުން ބޭއްވި މަޖިލިސް އިންތިހާބަށް ކަނޑައެޅީ 61 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި 213 ބިލެއް ވަނީ ހިމަނާފައެވެ. މީގެ ތެރޭގައި މުޅިން އަލަށް ހުށަހަޅާ 76 ބިލް ހިމެނޭއިރު، އުވާލުމަށް ނުވަތަ އިސްލާހުކުރަންޖެހޭ 135 ބިލެއް ހިމެނެއެވެ. ސަރުކާރުން ނިންމާފައިވަނީ މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި 73 ބިލެއް ހުށަހެޅުމަށް ނިންމާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
