
ވެހިކަލް ވަގަށް ނެގުމުގެ ބިޔަ ނެޓްވޯކެއް ފުލުހުން ފަޅާއަރުވާލައިފި
ވެހިކަލް ވަގަށް ނެގުމުގެ ބިޔަ ނެޓްވޯކެއް ފުލުހުން ފަޅާއަރުވާލައިފި
ލިޔުން:
ކާރާއި ސައިކަލް ވަގަށްނަގައި، ރަޖިސްޓްރީ ބަދަލުކުރާ ބޮޑު ނެޓްވަރކެއް ފުލުހުން މިއަދު ފަޅާއަރުވާލައިފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދައޫދު ވަނީ، ވަގަށް ނެގި އެމްއޭސީއެލްގެ ވެހިކަލް މައްސަލައިގެ ތެރެއިން ގިނަ އަދަދެއްގެ ވެހިކަލްތައް ވަގަށް ނަގައި ރަޖިސްޓްރީކުރުމުގެ މައްސަލަތަކެއް ހޯދިފައިވާކަމަށް ވިދާޅުވެފައެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ، މ. މޮޑަން ހޯމް އަހުމަދު ނިޒާމްގެ އިތުރުން މ. ސީނި އަސުރުމާގެ އަހުމަދު ހައިޝަމެވެ. މީގެ ތެރެއިން އަހުމަދު ހައިޝަމަކީ އެމްއޭސީއެލްގެ ސްޓާފެކެވެ.
ދާއޫދު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އަހުމަދު ނިޒާމުގެ ނަންމަތީ އެކަނިވެސް 100 އުޅަނދު ރަޖިސްޓްރީކޮށްފައިވާކަމަށެވެ. އަދި އޭނާގެ އަންހެނުންގެ ނަންމަތީގައި 42 އުޅަނދު ވަނީ ރަޖިސްޓްރީކޮށްފައެވެ. އެ އުޅަނދުތައް ރަޖިސްޓްރީކޮށްފައިވަނީ އަސްލު ގެއްލޭވަރަށް ގަރާޖަށް ގެންގޮސް އިންޖީނު ނަންބަރާއި ޗެޗެސް ނަންބަރު ފުހެލައިގެންނެވެ. މީގެ ތެރެއިން 86 އުޅަނދަކީ ހަތަރު ފުރޮޅުލީ އުޅަނދެވެ.
މި ވެހިކަލްތަކުގެ ތެރެއިްނ ބައެއް ވެހިކަތްތައް ހުރީ ޓްރާންސްޕޯޓު މެދުވެރިކޮށް 2025, 2026, 2027 އަހަރުތަކަށްވެސް ރަޖިސްޓްރީކޮށްފައިކަމަށް ދާއޫދު ވިދާޅުވިއެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި ފުލުހުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ ތެރެއިން އުސޫލާ ހިލާފަށް ވެހިކަލްތައް ރަޖިސްޓްރީކޮށްދިން މުއައްޒަފުން ހޯދުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
