މާލެ: 31°C
އެމްއެމްޕީއާރުސީގެ އެމްޑީއަކަށް ޝިއުރީ

އެމްއެމްޕީއާރުސީގެ އެމްޑީއަކަށް ޝިއުރީ

June 13, 2024
2 ފަހަރު ބަލާފައި
އެމްއެމްޕީއާރުސީގެ އެމްޑީއަކަށް ޝިއުރީ
މޯލްޑިވްސް މާކެޓިންގ ޕީއާރު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އިބްރާހިމް ޝިއުރީ އައްޔަނުކޮށްފިއެވެ. އެމްއެމްޕީއާރުސީގެ އެމްޑީގެ މަޤާމަށް ޝިއުރީ އައްޔަނުކޮށްފައިވާއިރު، ކުރިން އެމަޤާމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ކުޑީ މަޤާމުން ވަކިކޮށްފައިވަނީ މެއިމަހުގެ 22 ވަނަ ދުވަހެވެ. އެމްއެމްޕީއާރުސީގެ އެމްޑީގެ މަޤާމަށް މިއަދު އައްޔަނުކުރި ޝިއުރީ އަކީ ކުރީގެ ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާއެވެ. ޤައުމީ އިނާމުވެސް ހާސިލްކޮށްފައިވާ ޝިއުރީ ވަނީ މީގެކުރިން ޑޮމަސްޓިކް އެއާޕޯޓްތައް ތަރައްޤީކުރުމުގެ ބައެއް ޕްރޮޖެކްޓުގައި އިސްކޮށް މަސައްކަތްކުރައްވާފައެވެ. ޝީއުރީ އަކީ މިހާރުވެސް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއޭއެންސީއައި) ގެ އެގްޒެކެޓިވް ބޯޑު މެމްބަރެކެވެ. މީގެ އިތުރުން އޭނާއަކީ ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސްވެސް މެއެވެ. އެމްއެމްޕީއާރުސީއަށް އައު އެމްޑީއަކު އައްޔަނުކޮށްފައިވާއިރު،  އެމްއެމްޕީއާރްސީގެ ޗެއާޕާސަން އާއިޝާ ނޫރުއައިން ޖަނާހު ވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ