
ހިއްކަން ބޭނުންވާ ސަރަހައްދުން އަދިވެސް އުޅަނދުތައް ނުނަގާތީ އެޗްޑީސީގެ ކަންބޮޑުވުން
ހިއްކަން ބޭނުންވާ ސަރަހައްދުން އަދިވެސް އުޅަނދުތައް ނުނަގާތީ އެޗްޑީސީގެ ކަންބޮޑުވުން
ލިޔުން:
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައި ހުރި ކަނޑު އުޅަނދުތައް ނެގުމަށް ތަކުރާރުކޮށް އިލްތިމާސް ކުރުމުންވެސް އެތަކެތި އެތަނުން ނަގާފައި ނުވާތީ އަނެއްކާވެސް އުޅަނދުތައް ނަގަން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފި އެވެ.
ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުން ދާކަމަށް ފާހަގަކުރެވިގެން އީޕީއޭގެ އާއްމު އިއުލާނަކުން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އަންގާފައި އޮތް އޮތުން ނިމުމަކަށް އައިސްފައިވާތީ ހުޅުމާލޭގެ ބިން ހިއްކަން އެޗްޑީސީން ވަނީ ތައްޔާރުވެފަ އެވެ. އެހެންކަމުން ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ވީ އެންމެ އަވަހަކަށް ނަގަން އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބިންހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި އެ މަސައްކަތަށް ދަތިވާ ގޮތަށް ބައެއް ކަނޑު އުޅަނދު އަޅާފައިވާކަން ފާހަގަ ކުރެވެ އެވެ. މިފަދަ އުޅަނދު ތަކަކީ އާންމުކޮށް ބޭނުން ނުކޮށް ހުންނަ އުޅަނދުތައް ކަމުން އެތަކެތީގެ ވެރިފަރާތް ހޯދުމަށްވެސް ދަތިތަކާ ކުރިމަތިވެފައިވާކަމަށް އެޗްޑީސީން ބުންޏެވެ.
މީގެ އިތުރުން ބިން ހިއްކާ ސަރަހައްދަށް ބާޖު އަދި ކޮޅުވެއްޓި ވަނުމުގެ ތެރޭގައި އުޅަނދުތަކުގައި ޖެހި އެކިވަރުގެ ގެއްލުން ލިބިފައި ވެއެވެ. އެހެންކަމުން، ބިން ހިއްކުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި އިތުރަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމުގެ ގޮތުންނާއި، އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން މި ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެޗްޑީސީން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އެ ކުންފުނިން ބުނީ ހުޅުމާލޭގެ ފޭސް 2 ގެ ވަގުތީ ޖެޓީއަށް ފަޅުތެރެއިން ދާން އޮންނަ މަގު ހަނިވާގޮތަށް ބައެއް އުޅަނދުތައް އަޅާފައި ހުރުމުގެ ސަބަބުންނާއި، މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން އުޅަނދުތަކަށް ލިބިދާނެ އިތުރު ގެއްލުންތަކުން ރައްކާތެރިވުމުގެ ގޮތުން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށްވެސް އިލްތިމާސް ކުރާ ކަމަށެވެ.
އެހެންކަމުން، ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދު (SITE B2, SITE C) ގައި އަޅާފައި ހުރި ކަނޑު އުޅަނދުތައް ވިހާވެސް އަވަހަކަށް ނެގުމަށް އެޗްޑީސީން އެދެ އެވެ.
ހުޅުމާލޭގައި މިހާރު ހިއްކަމުންދާ ސަރަހައްދަކީ މާލޭ ރައްޔިތުންނަށް ބިން ދޫކޮށްފައިވާ ސަރަހައްދެކެވެ. އެހެންކަމުން އެޗްޑީސީން ދަނީ އެމަޝްރޫއު ވީ އެންމެ އަވަހަކަށް ނިންމަން މަސައްކަތް ކުރަމުންނެވެ. މީގެ ކުރިންވެސް އެކުންފުނިން ވަނީ ފަޅުގައިވާ އުޅަނދުތައް އެތަނުން ނަގަން ދެ ފަހަރެއްގެ މަތިން އިލްތިމާސްކޮށްފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
