މާލެ: 31°C
ހައްޖަށްދިޔަ ދިވެއްސަކު ނިޔާވެއްޖެ

ހައްޖަށްދިޔަ ދިވެއްސަކު ނިޔާވެއްޖެ

June 13, 2024
3 ފަހަރު ބަލާފައި
ހައްޖަށްދިޔަ ދިވެއްސަކު ނިޔާވެއްޖެ
ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ނިޔާވެފައިވަނީ ރ. ހުޅުދުއްފާރު، ހަފީޒީހިޔާ، ފާތިމަތު ހަފީޒާ (80އ.) އެވެ. ހަފީޒާ ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި މަރްހޫމާގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މަސްޖިދުލްހަރާމްގައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ހައްޖުގެ އަޅުކަމަށް ގޮސް އުޅެނިކޮށް ހަފީޒާ ނިޔާވި ނަމަވެސް، އެކަމާއި ގުޅޭ އިތުރު ތަފްސީލެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ ހޮނިހިރު ދުވަސް ކަމަށްވާއިރު،  ރާއްޖެއިން ވަނީ 1،150 މީހުން މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ