މާލެ: 31°C
ނުދެވި ހުރި ފައިސާއިން ބައެއް މަސްވެރިންނަށް ދީފި

ނުދެވި ހުރި ފައިސާއިން ބައެއް މަސްވެރިންނަށް ދީފި

June 13, 2024
3 ފަހަރު ބަލާފައި
ނުދެވި ހުރި ފައިސާއިން ބައެއް މަސްވެރިންނަށް ދީފި
މަސްވެރިންނަށް ދޭންޖެހި ނުދެވިހުރި ފައިސާގެ ތެރެއިން ބައެއް މިފްކޯއިން މަސްވެރިންގެ އެކައުންޓުތަކަށް ޖަމާކޮށްދީފިއެވެ. ދެމަސް ދުވަހު ކިރުވި މަހަށް ޖުމްލަ 80 މިލިއަން ރުފިޔާ މިފްކޯއިން މަސްވެރިންނަށް ދޭންޖެހެއެވެ. ފައިސާ ލިބުން ލަސްވާތީ އިއްޔެ މަސްވެރިން ވަނީ ވަރުގަދަ މުޒާހަރާއެއް ކޮށްފައެވެ. އިއްޔެގެ މުޒާހަރާއަށް ފަހު މިފްކޯއިން މަސްވެރިންނަށް ޖަމާކޮށްދީފައި ވަނީ މިދިޔަ މަހުގެ އަށްވަނަ ދުވަހާ ހަމައަށް މިފްކޯއަށް މަސް ކިރުވުމަށް ފަހު މަސްވެރިންނަށް ލިބެން ޖެހޭ ފައިސާއެވެ. އެހެން ނަމަވެސް އެއީ ކިހާވަރެއް ކަމެއް އަދި ނުދެވި ބާކި ހުރީ ކިހާ ފައިސާއެއް ކަމެއްވެސް މިފްކޯއިން ހާމައެއް ނުކުރެއެވެ. މަސްވެރިންނަށް ވިއްކާ ތެޔޮ އަގު ހެޔޮކޮށް، މަސްކިރުވައިގެން ނުދެވި ހުރި ފައިސާއިން ބައެއް މިފްކޯއިން ދިނުމުން މަސްވެރިންގެ މުޒާހަރާ މިއަދު ވަނީ ހުއްޓާލާފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ