މާލެ: 31°C
ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ހެޔޮކޮށްފި

ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ހެޔޮކޮށްފި

June 13, 2024
3 ފަހަރު ބަލާފައި
ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ހެޔޮކޮށްފި
ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ހެޔޮކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން "އެކްސް" ގައި ކުރި ފޯސްޓެއްގައި ބުނީ މިއީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން މެނިފެސްޓޯގައިވާ ވައުދުތައް ފުއްދުމަށްޓަކައި ގެނެސްފައިވާ ބަދަލެއް ކަމަށެވެ. "ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ޝެޑުތަކުން ވިއްކާ އަގަށް ހެޔޮކޮށްފި" މިނިސްޓްރީން ބުނެފައިވެއެވެ. https://twitter.com/MFORmv/status/1800970687848591618 އެގޮތުން، ހުޅުމާލެއިން މަސްވެރިންނަށް ޑީސެލްގެ އަގު ކުޑަކޮށްފައިވާއިރު، މިފްކޯގެ މަސް ކާރުހާނާތައް ހުންނަ ރަށްރަށުން މިހާރުވެސް މަސްވެރިންނަށް ޑީސެލް ފޯރުކޮށްދެމުން ދަނީ ހާއްސަ އަގެއްގައެވެ. ދާދިފަހުން އެސްޓީއޯއިން ވެސް ވަނީ ރާއްޖޭގައި ވިއްކާ ފެޓްރޯލާއި ޑީސެލްގެ އަގު ހެޔޮކޮށްފައެވެ. މި ބަދަލާއިއެކު ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަންތަކުން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 13.98 ރުފިޔާއެވެ. އަދި ޑީސަލް ލީޓަރެއްގެ އަގުވަނީ 13.92 ރުފިޔާ ހެޔޮކޮށްފައެވެ. ރައީސް މުއިއްޒުގެ މެނިފެސްޓޯގައިވާ ވައުދުތައް ފުއްދުމަށްޓަކައި، މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި، މަސްވެރިންނަށް ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ