މާލެ: 31°C
މުދަލުގެ އަގުތައް އުފުލުން އެކަށީގެންވޭ، ފްރައިޓްގެ އަގުތައް ވަރަށް ބޮޑަށް އުފުލިއްޖެ

މުދަލުގެ އަގުތައް އުފުލުން އެކަށީގެންވޭ، ފްރައިޓްގެ އަގުތައް ވަރަށް ބޮޑަށް އުފުލިއްޖެ

June 13, 2024
3 ފަހަރު ބަލާފައި
މުދަލުގެ އަގުތައް އުފުލުން އެކަށީގެންވޭ، ފްރައިޓްގެ އަގުތައް ވަރަށް ބޮޑަށް އުފުލިއްޖެ
އަންނަ މަހުން ފެށިގެން ތަކެތީގެ އަގުތައް އުފުލިދާނެކަމުގެ އިންޒާރު ވިޔަފާރިން ދީފިއެވެ. މިނިވަންއާ ވާހަކަދެއްކި ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި އެކަމުގެ އެންމެ ބޮޑު ސަބަބަކީ ކުއްލިއަކަށް ފްރައިޓްގެ އަގުތައް އުފުލިގެން ދިއުމުންނެވެ. ރާއްޖެއަށް އާންމުކޮށް މުދާ އިމްޕޯޓްކުރާ ޗައިނާ އާއި ތައިލެންޑް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުން ރާއްޖެއަށް ކުރިން މުދާ ފޮނުވައިދޭ ފްރައިޓްގެ އަގުތައް ކޮންޓޭނަރަކުން އެވްރެޖްކޮށް 1500 ޑޮލަރު މިހާރު ވަނީ އުފުލިފައެވެ. ޗައިނާގެ ބައެއް ލޮޖިސްޓިކްސް ކުންފުނިތަކުން ބުނެފައިވާ ގޮތުގައި ފްރައިޓުގެ އަގުތައް ކުއްލި ގޮތަކަށް މައްޗަށް ގޮސްގެން އުޅެނީ ހުސް ކޮންޓޭނަރު ލިބުމުގައި ދަތިތަކެއް ޝިޕިން ލައިންތަކަށް ކުރިމަތިވުމުންނެވެ. ރާއްޖޭގައި ހޯލްސޭލްކޮށް މުދާވިއްކާ ބޮޑެތި ބައެއް ވިޔަފާރި ކުންފުނިތަކުން ބުނިގޮތުގައި ކުރިން ހީކުރެވިފައި ނުވާ މިންވަރަށް ފްރައިޓް އަގުބޮޑުވުމާއި ޑޮލަރު ގަންނަން ލިބޭ އަގު 18 ރުފިޔާއާ ގާތްކުރާ ވަރަށް އުފުލިފައިވާތީ، ދެން ރާއްޖެ އަންނަ ޝިޕްމެންޓްތަކުގެ އަގުތައް އުފުލިގެންދާނެއެވެ. "މުދަލުގެ އަގު މަތިނުކޮށް ވިއްކޭނެ ގޮތެއް ނޯންނާނެ. އެހެންނޫނީ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ގެއްލުންވާނެކަން ޔަގީން،" އެކަކު ބުންޏެވެ. ޗައިނާ އާއި ތައިލެންޑްގެ ފްރައިޓް ފޯވާޑިން ކުންފުނިތަކުން ބުނިގޮތުގައި ބޮޑުއަގުގައި ރާއްޖެއަށް މުދާ ފޮނުވަން ބަލާއިރު، ކޮންޓޭނަރު ލިބުމުގައިވެސް ވަރަށް ބޮޑަށް މިހާރު އޮތީ ދަތިވެފައެވެ. ބައެއް ކުންފުނިތަކުން ބުނި ގޮތުގައި ޗައިނާގެ މާކެޓަށް އަންނަ ބަދަލަކުން މެނުވީ އަވަހަށް މިކަމަށް ހައްލެއް ނުލިބޭނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ