
ޤައުމީ ދިފާއީ ބާރުގެ ފަރާތުން ފަލަސްތީނު ފަންޑަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ
ޤައުމީ ދިފާއީ ބާރުގެ ފަރާތުން ފަލަސްތީނު ފަންޑަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ
ލިޔުން:
ދިވެހި ޤައުމީ ދިފާއީ ބާރުގެ ފަރާތުން ފަލަސްތީނު ރައްޔިތުންނަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ފަލަސްތީނަށް އެހީވުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް "ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ކުރިއަށްގެންދާ ޓެލެތޯން މެދުވެރިކޮށެވެ.
އެމްއެންޑީއެފުން ވަނީ ފަލަސްތީނަށް 2.1 މިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ.
ދިވެހި ސިފައިންގެ ފަރާތުން ފަލަސްތީނު ރައްޔިތުންނަށް ދެއްވި މި އެހީއާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ، މިއީ ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްޙޫރިއްޔާގެ އެދިވަޑައިގަތުމަށް އިޖާބަދިނުމުގެ ގޮތުން ސިފައިންގެ ފަރާތުން ވެ ދެއްވި އެހީއެއް ކަމަށެވެ.
ސިފައިންގެ ފަރާތުން ހަދިޔާކުރި މި ފައިސާގެ އެހީ އެ ފަންޑަށް ހަވާލުކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި، މިނިސްޓަރ އޮފް ޑިފެންސް، މުޙައްމަދު ޣައްސާން މައުމޫންއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޡް މި ފައިސާ ހަދިޔާކުރުމުގެ އިވެންޓްގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
