
ޓެލެތޯނަށް މިހާތަނަށް 8 މިލިއަނަަށްވުރެ ގިނަ ރުފިޔާ
ޓެލެތޯނަށް މިހާތަނަށް 8 މިލިއަނަަށްވުރެ ގިނަ ރުފިޔާ
ލިޔުން:
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް "ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ކުރިއަށްގެންދާ ޓެލެތޯނަަށް މިހާތަނަށް 8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި އެވެ.
އެގޮތުން ދިވެހި ރުފިޔާއިން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ އާއި 7100 ޑޮލަރު މިހާތަނަށް ލިބިފައިވާ ކަމަށް ރަސްމީ ފަރާތްތަކުން ބުނެއެވެ.
ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް މިއަދު ފެށި ޓެލެތޯންގައި ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން ވެސް ވަނީ ފައިސާގެ އެހީ ހަދިޔާކޮށްފައެވެ. އެންމެ ބޮޑު އަދަދެއް ހަދިޔާ ކުރީ އެމްއެންޑީއެފުންނެވެ. އެއީ 2.1 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ސަރުކާރުގެ ފެން ކުންފުނި ކަމަށްވާ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިވްއުއެސްސީ) ގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީން ފަންޑަށް އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފައިވާއިރ،ު ސްޓެލްކޯގެ ފަރާތުން ވަނީ ފަސް ލައްކަ ރުފިޔާ ހަދިޔާކޮށްފައެވެ.
އޭގެ އިތުރުން، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޕާލިމްންޓްރީ ގުރޫޕުން ޓެލަތޯން މެދުވެރިކޮށް ދެ ލައްކަ ރުފިޔާ ފަލަސްތީނަށް ހަދިޔާކޮށްފައިވާއިރު، އެޗްޑީސީން ވަނީ އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފައެވެ.
ސަރުކާރުގެ ކުންފުނިތަކަކީ މިކަހަލަ ކަންކަމުގައި އަބަދުވެސް ނަމޫނާ ދައްކަމުން އަންނަ ކުންފުނިތަކެވެ.
މިއަދު ހެނދުނު 8:00 ން މިރޭ ދަންވަރު 12:00 އާ ހަމައަށް ކުރިއަށްގެންދަން ނިންމާފައިވާ މި ޓެލެތޯނަކީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ޓެލެތޯނެކެވެ. ޕީއެސްއެމްއިން މި ޓެލެތޯން ކުރިއަށްގެންދަނީ ރައީސްގެ އެދިވަޑައިގަތުމުގެ މަތިންނެވެ.
އެގޮތުން، މި ޓެލެތޯނުން ލިބޭ ފައިސާ ފަލަސްތީނަށް ފޯރުކޮށް ދޭން ހަމަޖެހިފައިވަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް، އދ. ގެ ފަލަސްތީންގެ ރެފިއުޖީންނަށް އެހީވާ ޖަމިއްޔާ "އަންރުވާ" އާ ވެސް ގުޅިގެންނެވެ.
"ފަލަސްތީނާ އެކު ދިވެހިން" ޓެލެތޯނަށް ފައިސާ ހަދިޔާކުރަން މާލެ ސަރަހައްދުގެ އެކި ތަންތަނުގައި ޖުމްލަ 13 ފަންޑްފޮށި ބަހައްޓާފައިވާއިރު، މި ޓެލެތޯނަށް ހާއްސަ ދެ އެކައުންޓް އެކައުންޓް ނަމްބަރަށް ފައިސާ ވެސް ޓްރާންސްފާ ކުރެވޭނެއެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
