މާލެ: 31°C
ކަންނެލި މަސްވެރިންގެ އިހްތިޖާޖުގެ އަޑު ސަރުކާރުން އެހުމަށް ޝާހިދު ގޮވާލައްވައިފި

ކަންނެލި މަސްވެރިންގެ އިހްތިޖާޖުގެ އަޑު ސަރުކާރުން އެހުމަށް ޝާހިދު ގޮވާލައްވައިފި

June 12, 2024
2 ފަހަރު ބަލާފައި
ކަންނެލި މަސްވެރިންގެ އިހްތިޖާޖުގެ އަޑު ސަރުކާރުން އެހުމަށް ޝާހިދު ގޮވާލައްވައިފި
ކަންނެލި މަސްވެރިން މިއަދު ކުރަމުންގެންދާ އިހްތިޖާޖްގެ އަޑު ސަރުކާރުން އެހުމަށާއި މަސްވެރިން މިފްކޯ އަށް ކިރުވި މަހަށް ދޭން ޖެހޭ 80 މިލިއަން ރުފިޔާ ވަގުތުން ދިނުމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ. ޝާހިދުގެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ލިއުއްވާފައިވާ ގޮތުގައި މިއަދުގެ ސަރުކާރު ވެރިކަމަށް އައީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން ދެ ދުވަހު ތެރޭ ފައިސާ ޖަމާ ކުރާނެކަމަށް ވަޢުދުވެކަން ދިވެހި މަސްވެރިންއެގެންދަނީ ތަކުރުކޮށް ހަނދާން ކޮށްދެމުންނެވެ. "މި އަހަރު ކުރީކޮޅު ވެސް މަސްވެރިންނަށް ދޭން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދައްކާތާ އެތައް މަހެއް ވެގެން މަސްވެރިން މުޒާހަރާ ކުރަން ފެށުމުން ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބާ ދިމާކޮށް ސަރުކާރުން ދެއްކިކަން މަސްވެރިން ހަނދާން އެބަހުރިކަމަށް ދަނީ ބުނަމުންނެވެ. މިވަގުތު އިތުރު އިންތިޙާބެއް ބޯމަތީގައި ނެތްނަމަވެސް މަސްވެރިން އަތުންގަނެފައިވާ މަހަށް ދޭންޖެހޭ ފައިސާއަކީ މަސްވެރިންގެ ޚައްގަކަށްވާތީ ސަރުކާރުން އެ ޚައްގު ވަގުތުން އަދާކުރުމަށް ގޮވާލަމެވެ." ޝާހިދުގެ ފޭސްބުކްގައި ލިއުއްވާފައިވެއެވެ. ބޮޑު ކަންނެލީގެ މަސްވެރިން މިއަދު ވަނީ ބޮޑު އިހްތިތާޖެއް ފަށާފައެވެ. މިއީ ފައިސާ ލިބުން ދަތިވުމާއި ލޭނު އެޅުން ހުއްދަ ކުރާ ދެކޮޅަށް ކުރިއަށް ގެންދާ އިހްތިތާޖެއް ކަމަށް ބޮޑުކަންލެނި ޔޫނިއަނުން ބުނެފައިވެއެވެ. މަސްވެރިން ބޭނި މަހަށް ސަރުކާރުން ފައިސާ ނުދޭތާ މިހާރު ދެމަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ