
ވަކި މީހަކަށް ހިސޯރުކުރެވޭ ވަރަށްވުރެ އެމްޑީޕީ ވަރުގަދަ ކަމަށް ވިދާޅުވެއްޖެ
ވަކި މީހަކަށް ހިސޯރުކުރެވޭ ވަރަށްވުރެ އެމްޑީޕީ ވަރުގަދަ ކަމަށް ވިދާޅުވެއްޖެ
ލިޔުން:
އިދިކޮޅު އެމްޑީޕީ މިހާރު އޮތީ އެއްވެސް މީހަކަށް ހިސޯރަނުކުރެވޭ ވަރަަށް ވަރުގަދަވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އުފެދުނު ދެބަސްވުންތަކުގައި ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ފާޅުގައި ފާޑުވިދާޅުވާން އެންމެ ފުރަތަމަ ފެއްޓެވި އެއް މަޖިލިސް މެމްބަރު، ބިގޭ ރޭ ވިދާޅުވީ އެމްޑީޕީ ދެން ވެގެންދާނީ ވަރުގަދަ އިންސްޓިޓިއުޝަނަކަށް ކަމަށެވެ. އެމްޑީޕީއަކީ އެއްވެސް ބޭފުޅެއްގެ ބާރުގެ ދަށުގައި ހިސޯރަކުރެވިފައި އޮތް ޕާޓީއަކަށް ވުރެ ބޮޑަށް، މިނިވަން ޕާޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"...މިހާރު މި އޮތީ މި ހިސާބަށް އާދެވުނުއިރު، މި އޮތީ ދެން އެއްވެސް މީހަކަށް އައިސް ޕާޓީ ހިސޯރަ ނުކުރެވޭ ވަރަށް ވަރުގަދަވެފައި. ކުރިއަށް އޮތް ތަނުގައި އަޅުގަނޑު ދެކޭ ގޮތުގައި މި ޕާޓީ ދެން ދާނީ ވަރުގަދަ އިންސްޓިޓިއުޝަނެއްގެ ގޮތުގައި. އޮޓޯއިން ހިނގާ އެއްޗެއްގެ ގޮތުގައި. ވަޑައިގަންނަވާ ބޭފުޅުން މަސައްކަތްކޮށްފައި އެ ބޭފުޅުން ރިޓަޔާކުރެއްވީމަ ނިމިގެން ވަޑައިގަންނަވާނެ. އާ ބޭފުޅުން ގުޅިވަޑައިގެން، އަނެއްކާވެސް ކުރިއަށްދާނެ. އެއްވެސް ބޭފުޅެއްގެ ބާރުގެ ދަށުގައި ހިސޯރަކުރެވިފައި އޮތް ޕާޓީއަކަށް އެއަށް ވުރެ މިނިވަން ޕާޓީއެއް މިއީ،" ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބިގޭ ރޭ ވިދާޅުވިއެވެ.
އެމްޑީޕީއަކީ ރައްޔިތުންގެ ޕާޓީއެއް ކަމަށާއި ގްރާސްރޫޓާ ގުޅިފައިވާ ޕާޓީއެއް ކަމަށް ބިގޭ ވިދާޅުވިއެވެ.
އެމްޑީޕީގެ އުމުރުން 18 އަހަރު ފުރި، ތަސައްރަފު ފުދިފައިވާކަން ފާހަގަކޮށް، ބިގޭ ވިދާޅުވީ "އޮޓޯއިން" އެމްޑީޕީ ހިނގާނެ މިންވަރަށް ރިފޯމް ކުރުމުގެ މަސައްކަތް ޕާޓީގެ ލީޑާޝިޕުން ވަރަށް ވިސްނުންތެރިކަމާ އެކު ކުރަމުން ގެންދާ ކަމަށެވެ.
"މި ދަނީ ވަރަށް ބޮޑަށް އިސްޓިޓިއުޝަނެއްގެ ގޮތުގައި އޮވެ، އޮޓޯއިން ހިނގާނެ ވަރުގަދަ މުއައްސަސާއެއްގެ ގޮތުގައި ހިނގާނެ މިންވަރަށް މީތި ރިފޯމް ކުރުމުގެ މަސައްކަތް މި ކުރެވެނީ...ރަށްރަށުގައި ތިއްބެވި ބޭފުޅުންނާ ހިޔާލާއި މަޝްވަރާއާ އެކު މި މަސައްކަތް މިހާރު ޕާޓީގެ ލީޑާޝިޕުން ވަރަށް ވިސްނުންތެރިކަމާ އެކު ކުރަމުން ގެންދަވަނީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު، ބިގޭ ވިދާޅުވިއެވެ.
އެގޮންޖެހުންތަކާ އެކުގައި ވެސް ބަލިވާ ވަގުތުގައި ހިތްވަރާ އެކު ނުކުންނަ ޕާޓީއަކީ އެމްޑީޕީކަން ފާހަގަ ކުރައްވައި، ބިގޭ ވިދާޅުވީ އެމްޑީޕީގައި މިވަގުތު ތިބީ އެއްވެސް މަޖުބޫރުކަމެއް ނެތި ކުރަންޖެހޭ ކަމެއްގެ ގޮތުގައި މަސައްކަތް ކުރާ ބަޔަކު ކަމަށެވެ.
"އެއްވެސް ކަހަލަ މަޖުބޫރުކަމެއް ނެތި ހިތާ، ހިތުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރާ ބަޔަކު އެމްޑީޕީގައި ތިބީ،" މިމިދިޔަ 19 ވަނަ މަޖިލީހުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރެއްވި ބިގޭ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
