މާލެ: 31°C
"ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ޓެލެތޯނެއް ފަށައިފި

"ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ޓެލެތޯނެއް ފަށައިފި

June 12, 2024
3 ފަހަރު ބަލާފައި
"ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ޓެލެތޯނެއް ފަށައިފި
"ފަލަސްތީނާއެކު ދިވެހީން" ގެ ނަމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ޓެލެތޯނެއް ފަށައިފިއެެވެ. މިއީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ޓެލެތޯނެކެވެ. ޕީއެސްއެމްއިން މި ޓެލެތޯން ކުރިއަށްގެންދަނީ ރައީސްގެ އެދިވަޑައިގަތުމުގެ މަތިންނެވެ. އެގޮތުން، ޕީއެސްއެމްގައި މި ޓެލެތޯން ފަށުމަށް ހެނދުނު ބޭއްވި ރަސްމިއްތާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަފީތުގެ ދެކަނބަލުންނާއި މިނިސްޓަރުންނާއި ސަރުކާރުގެ އެކިއެކި ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން ބައެއް މަޖިލިސް މެންބަރުން ވެސް ބައިވެރިވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދުން ފެށިގެން ހުޅުވާލެވޭ ފުރުސަތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ހުރިހާ ރައުްޔިތުންގެ ކިބައިން އެދޭ ކަމަށެވެ. އަދި ދިވެހިންނަކީ ފެށުނީއްސުރެ ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބި ބައެއް ކަމަށާއި، އެކި ފުރުސަތުގައި އެކި ގޮތްގޮތަށް އެހީވަމުންދާއިރު، ދިވެހިންގެ އަޑު އިއްވެން އޮތް ގޮތަކަށް އިއްވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖެއިން ކުރަމުންދާ މަސައްްކަތްތައްވެސް އިތުރު ހަރުފަތްތަކަށް ގެންދަން ޖެހޭ ކަމަށެވެ. މިއީ ދެ ގައުމެއްގެ ދޭތެރޭގައި އޮތް މައްސަލައެއް ނޫން ކަަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއީ އިސްލާމީ އުއްމަތަށް ކުރިމަތިވެފައި އޮތް ބޮޑު ކަމެއް ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ މިއީ ފަލަސްތީނާއި އިސްރާއީލާއި އޮތް މައްސަލައެއްކަމަށް ބަލާ، ލޯ މަރާލައިގެން ތިބެގެން ނުވާނެ ކަމަށާއި، މިއީ ކޮންމެ މުސްލިމެއްގެވެސް ހައްގެއް، ޒިންމާއެއް އަދި މަސްއޫލިއްޔަތެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ. "ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދިނުމުގައި، ދީލަތި ކަމުގައި އިންތިހާއަށް ދާން ޖެހޭ ކަމެއް،" ރައީސް ވިދާޅުވިއެވެ. ހެނދުނު 8:00 ގައި ފެށި މި ޓެލެތޯން ކުރިއަށްގެންދަން ނިންމާފައިވަނީ މިރޭ ދަންވަރު 12:00 އާ ހަމައަށެވެ. އެހެންކަމުން، މިއަށް ލިބޭ ފައިސާ ފަލަސްތީނަށް ފޯރުކޮށް ދޭން ހަމަޖެހިފައިވަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް، އދ. ގެ ފަލަސްތީންގެ ރެފިއުޖީންނަށް އެހީވާ ޖަމިއްޔާ "އަންރުވާ" އާ ވެސް ގުޅިގެންނެވެ. "ފަލަސްތީނާ އެކު ދިވެހިން" ޓެލެތޯނަށް ފައިސާ ހަދިޔާކުރަން މާލެ ސަރަހައްދުގެ އެކި ތަންތަނުގައި ޖުމްލަ 13 ފަންޑްފޮށި ބަހައްޓާފައިވާއިރު، މި ޓެލެތޯނަށް ހާއްސަ ދެ އެކައުންޓް އެކައުންޓް ނަމްބަރަށް ފައިސާ ވެސް ޓްރާންސްފާ ކުރެވޭނެއެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ