މާލެ: 31°C
ތައިލެންޑުގެ ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް ހުރުމުން ސަމާލުވުމަށް އެމްއެފްޑީއޭއިން އިލްތިމާސްކޮށްފި

ތައިލެންޑުގެ ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް ހުރުމުން ސަމާލުވުމަށް އެމްއެފްޑީއޭއިން އިލްތިމާސްކޮށްފި

June 11, 2024
3 ފަހަރު ބަލާފައި
ތައިލެންޑުގެ ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް ހުރުމުން ސަމާލުވުމަށް އެމްއެފްޑީއޭއިން އިލްތިމާސްކޮށްފި
ތައިލެންޑުގެ ބޭސް އުފައްދާ ކުންފުންޏަކުން ބާޒާރަށް ނެރުނު ބޭހެއްގައި ނުރައްކާތެރި ކެމިކަލް ހުރުމުން އެ ބޭސް ބޭނުންކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ. އެމްއެފްޑީއޭއިން ސަމާލުކަމަށް ގެނެސްފައިވަނީ ތައިލެންޑުގެ ބޭސް އުފައްދާ ކުންފުންޏެއްކަމަށްވާ ސެވަން ސްޓާރސް ފާމަސޫޓިކަލް ކޯއިން އުފެއްދި ބޭހެއްގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިފައިވާތީ، ތައިލެންޑްގެ ބޭސް ރެގިއުލެތްކުރާ އޮތޯރިޓީން އެކަން އެންގުމުންނެވެ. ތައިލެންޑްގެ ކަމާއި ބެހޭ ފަރާތުން ވަނީ ބާޒާރުގައި ހުރި އެ ބޭސްތަކުގެ ތެރެއިން މައްސަލަ ހުރިކަމަށް ފާހަގަކުރެވޭ ބެޗްތައް ނެގުމަށް އަންގާފައެވެ. އެމްއެފްޑީއޭއިްނ ބުނީ ތައިލެންޑުން މަނާކުރި އެ ބޭސްތަކަކީ ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމުގެ ހުއްދަ ކުރާ ބޭހުގެ ތެރޭގައި ހިމެނޭ ބޭހެއް ނޫންކަމަށެވެ. ނަމަވެސް ތައިލެންޑަކީ ދިވެހިން ވަރަށްގިނައިން ބޭސްފަރުވާއަށްގޮސް އުޅޭ ޤައުމަކަށް ވެފައި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރާތީ މިކަމަށް ސަމާލުވުމަށް އެދޭކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ. Image އެމްއެފްޑީއޭއިްނ ބުނީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓިއަށް ބޭސް އެތެރެކުރާއިރު ހާއްސަ ސަމާލުކަމެއްދީގެން ޕޯޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނޭ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ