މާލެ: 31°C
ކުރީ ސަރުކާރުގެ ފްލެޓް ކޮމިޓީގެ މެމްބަރުންގެ ބައެއް ތަކެތި ތަހުގީގަށް ގެންގޮސްފި

ކުރީ ސަރުކާރުގެ ފްލެޓް ކޮމިޓީގެ މެމްބަރުންގެ ބައެއް ތަކެތި ތަހުގީގަށް ގެންގޮސްފި

June 11, 2024
2 ފަހަރު ބަލާފައި
ކުރީ ސަރުކާރުގެ ފްލެޓް ކޮމިޓީގެ މެމްބަރުންގެ ބައެއް ތަކެތި ތަހުގީގަށް ގެންގޮސްފި
އެމްޑީޕީ ސަރުކާރުގެ ފްލެޓް ކޮމިޓީގައި ހިމެނޭ މެމްބަރުންގެ ގެދޮރު ބަލާ ފާސްކުރުމަށްފަހު ބައެއް ތަކެތި ނަގައި ތަހުގީގު ކުރަން އެސީސީން ފަށައިފިއެވެ. ނުރަސްމީ މަސްދަރުތަކުން މިނިވަން އަށް މައުލޫމާތު ދިން ގޮތުގައި އެސީސީން ނަގާފައިވަނީ ލެޕްޓޮޕްތަކަކާއި ބައެއް ލިޔެކިޔުންތަކެކެވެ. ކުރީ ސަރުކާރުގެ ފްލެޓް ކޮމިޓީގެ މެމްބަރުން ދިރިއުޅޭ ތަންތަން އޭސީސީން ބަލާ ފާސްކުރަން އިއްޔެ ފެށީ އެ ކޮމިޝަނުން ތަހުގީގުކޮށް އާންމުކުރި ރިޕޯޓްގައި، ފްލެޓް ކޮމިޓީން ފްލެޓްތައް ދޫކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅާފައިވާ ދަނޑިވަޅެއްގައެވެ. އެމްޑީޕީ ސަރުކާރުގެ ފްލެޓް ކޮމިޓީގައި ހިމެނޭ މެމްބަރުންނަކީ؛
  • ލިރުގާމް ވަހީދު/ މއ. ވިއަރާހް
  • މުހައްމަދު އާރިފް/ ނެދުންގެ، ހއ. އިހަވަންދޫ
  • އަހްމަދު ވިސާން ނަސީމް/ މއ. އިހާދޫ
  • އަކްރަމް ކަމާލުއްދީން/ މއ. އެވަލާސްޓް

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ