މާލެ: 31°C
ސްޓޫޑެންޓް ލޯނަށް 1،153 ދަރިވަރުން ޝަރުތު ހަމަވޭ، ބުރާސްފަތީގައި ލިއުން ހަވާލުކުރާނެ

ސްޓޫޑެންޓް ލޯނަށް 1،153 ދަރިވަރުން ޝަރުތު ހަމަވޭ، ބުރާސްފަތީގައި ލިއުން ހަވާލުކުރާނެ

June 11, 2024
2 ފަހަރު ބަލާފައި
ސްޓޫޑެންޓް ލޯނަށް 1،153 ދަރިވަރުން ޝަރުތު ހަމަވޭ، ބުރާސްފަތީގައި ލިއުން ހަވާލުކުރާނެ
ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވަނީ 1،153 ދަރިވަރުން ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެފިއެވެ. އެ މިނިސްޓްރީން މިއަދު ވަނީ މިއަހަރު ލޯނަށް ކުރިމަތިލި 1،709 ފަރާތްތަކާއި ގުޅޭ މައުލޫމާތު ހިއްސާ ކޮށްފައެވެ. މިއަހަރު ލޯނަށް ހުޅުވާލީ 500 ފުރުސަތެކެވެ. އަދި ލޯނަށް ކޮލިފައިވެފައި ވަނީ 1،153 ދަރިވަރުންނެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ ސްޓޫޑެންޓް ލޯނަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ނިންމަވާފައެވެ. ސްޓޫޑެންޓް ލޯނަށް ހޮވުނު ދަރިވަރުންނަށް މިމަހުގެ 13 ވަނަ ދުވަހު ލޯނަށް ހޮވިފައިވާ ކަމުގެ "ސްޕޮންސަރ ލެޓަރ" ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ނުހޮވޭ ދަރިވަރުން، ނުހޮވުނު ކަމާއި ސަބަބު އެ މިނިސްޓްރީގެ ވެބްސައިޓުން ބެލޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަ ނުވާ ސަބަބާމެދު، އިތުރު ސުވާލެއް އުފެދޭނަމަ، އެކަން ބަޔާންކޮށް، ޝަކުވާ ހުށައެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. ސްލޮޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ނަތީޖާ ލިބެން ހުންނާނީ "މައި އެޑިޔު ޕޯޓަލް" އިންނެވެ. އަދި ނަތީޖާ އާއި މެދު ޝަކުވާ ހުށަހެޅުމުގެ މުއްދަތަކީ މިއަދުން ފެށިގެން މިމަހުގެ 25 ގެ ނިޔަލަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ