މާލެ: 31°C
ކައުންސިލަށް ގެއްލުންދީގެން ތޮއްޑޫއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

ކައުންސިލަށް ގެއްލުންދީގެން ތޮއްޑޫއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

June 11, 2024
3 ފަހަރު ބަލާފައި
ކައުންސިލަށް ގެއްލުންދީގެން ތޮއްޑޫއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި
މިމަހު 5 ވަނަ ދުވަހު ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީގައި ކުރި މުޒާހަރާއެއްގައި އެ އިމާރާތަށް ގެއްލުން ދިން މައްސަލައާއި ގުޅިގެން ހައްޔަރުކުރި 8 މީހުން ދޫކޮށްލައިފި އެވެ. ތޮއްޑޫގައި މުޒާހަރާ ކުރީ ދަނޑުވެރިކަމަށް އެރަށުން ބިން ދޫކުރި ގޮތާއިމެދު ހިތްހަމަނުޖެހިގެންނެވެ. މުޒާހަރާ ކުރި މީހުން ވަނީ ކައުންސިލް އިދާރާ ހުންނަ އިމާރާތުގެ ފުރާޅަށް ގާ އުކައިފަ އެވެ. އަދި އެ އިމާރާތުގެ ބިއްލޫރިތައްވެސް ވަނީ ތަޅާލައިފަ އެވެ. ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރުތު ކުރުމަށް ފަހު އެ އެންމެން ދޫކޮށްލާފައިވާ ކަމަށެވެ. ތޮއްޑޫގައި މުޒާހަރާއަށް އެއްވި މީހުން އަމަލުކުރި ގޮތުން މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހަކަށްވެސް އަނިޔާވި އެވެ. ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އެ އޮފިސަރު ވަނީ ދޫކޮށްލާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ