މާލެ: 31°C
ފަޅުކޮނުމާއި ބިންހިއްކުން މިހާރު ކުރިއަށް ގެންދެވޭނެ: އީޕީއޭ

ފަޅުކޮނުމާއި ބިންހިއްކުން މިހާރު ކުރިއަށް ގެންދެވޭނެ: އީޕީއޭ

June 11, 2024
3 ފަހަރު ބަލާފައި
ފަޅުކޮނުމާއި ބިންހިއްކުން މިހާރު ކުރިއަށް ގެންދެވޭނެ: އީޕީއޭ
ގާހުދުމުގެ މައްސަލައިގައި ފަރުތަކަށްކުރާ އަސަރު ކުޑަކުރުމުގެ ގޮތުން ފަޅުކޮނުމާއި ބިންހިންކުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގާފައިވާ ވަގުތީ ފިޔަވަޅުތައް އުވާލައިފި އެވެ. ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަރުތައް ގުޅިލާމެހިފައިވީ ހިނދު، ދުނިޔޭގެ ފިނިހޫނުމިން މަތިވުމާއި ގުޅިގެން މެދުވެރިވާ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް އެންމެހައި ކަމެއް ކުރުމަކީ ރާއްޖޭގެ ފަރުތަކުގެ ދެމެހެއްޓުމަށާއި، ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިގްތިސާދުގެ މައި ދެ ތަނބުކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި އިއްޔެގެ ނިޔަލަށް ފިޔަވަޅުތަކެއް ވަނީ އަޅާފައި އެވެ. އީޕީއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ މިހާރު ވަނީ އެލާޓް ލެވެލް، ލެވެލް 1 އަދި 2 އިން ވޮޗް ސްޓޭޓަސް އަށް ބަދަލުވެފައި ކަމަށެވެ. ނަމަވެސް، ފަޅު ކޮނުމުގެ މަސައްކަތަށް އެނބުރި ރުޖޫއަވާއިރު، އީއައިއޭ ރިޕޯޓުގައި މަސައްކަތުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. ހަމައެހެންމެ، ބިންހިއްކުމާއި ފަޅުފުންކުރުމުގެ މަޝްރޫއުތަކުގައި، މިވަގުތު މޫދާއި ފަރު ހިމެނޭ ސަރަޙައްދުތަކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތް ނޫން އެހެން ހުރިހާ ކަމެއް އޮގަސްޓު،31 ގެ ފަހަށް ކުރިއަށްގެންދާ ގޮތަށް އެޖެންސީން ވަނީ އެދިފަ އެވެ. ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާހުދުވުމުގެ ހާދިސާއެއް އެންމެ ފުރަތަމަ ފަހަރަށް 1998 ވަނަ އަހަރު ފާހަގަ ކުރެވުނު ފަހުން، މިފަދަ ހާދިސާތައް މެދުވެރިވާ މިންވަރު ގާތްވަމުން އަންނަކަމަށް ފާހަގަ ކުރެވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ