މާލެ: 31°C
އިންޑިއާގެ އެއްބަސްވުންތަކާ ބެހޭ އެންކުއަރީއެއް 241 ކޮމިޓީން ކުރަނީ

އިންޑިއާގެ އެއްބަސްވުންތަކާ ބެހޭ އެންކުއަރީއެއް 241 ކޮމިޓީން ކުރަނީ

June 10, 2024
2 ފަހަރު ބަލާފައި
އިންޑިއާގެ އެއްބަސްވުންތަކާ ބެހޭ އެންކުއަރީއެއް 241 ކޮމިޓީން ކުރަނީ
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އިންޑިއާ އާއެކު ހަދާފައިވާ އެއްބަސްވުންތަކާ ގުޅޭ އެންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން މިއަދު ނިންމައިފިއެވެ. މިމައްސަލަތައް ބަލަން އެދި ކޮމިޓީއަށް ހުށަހެޅީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން އެވެ. އޭނާގެ ހުށަހެޅުއްވުމާއި ގުޅިގެން ހަތަރު އެއްބަސްވުމެއްގެ މައްސަލަ ބަލަން  241 ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އެ އެއްބަސްވުންތަކަކީ؛
  • ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައި އޮތް ހައިޑްރޯގްރަފީ އެއްބަސްވުމުގައި ސޮއި ނުކުރުމަށް ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމްއެންޑީއެފްއިން އެދުމަށް ފަހު މިދިޔަ ވެރިކަމުގައި އެ އެއްބަސްވުމުގައި ސޮއިކުރިއިރު އެމްއެންޑީއެފްގެ ވިސްނުން ބަދަލުވި ގޮތް ހޯދުމަށް
  • އުތުރު ތިލަފަޅުގައި ބިނާކުރަމުންދާ ސިފައިންގެ އަސްކަރީ ޑޮކްޔާޑާ ގުޅޭ އެއްބަސްވުމުގެ މައްސަލަ ބެލުމަށް
  • ޑޯނިއާ އެއްބަސްވުމަށް ވާސިލުވި ގޮތް ހޯދުމަށް
އަޒާންގެ ހުށަހެޅުއްވުމުގައި ވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް އުނިކަން އަންނަ ގޮތަށް 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދުގައި ހިނގާފައިވާ ކަންކަން ބެލުމަށް ޕާލިމަންޓަރީ އިންކުއަރީއެއް ހެދުމަށެވެ. އެ އިންކުއަރީ ކުރިއަށް ދާނެ ގޮތް ރޭވުމަށް ހަތަރު މެންބަރުންގެ ސަބް ކޮމެޓީއެއް ނެގުމަށްވެސް އެ ހުށަހެޅުމުގައި ވެއެވެ. އަޒާންގެ ހުށަހެޅުމާއިއެކު މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ ރާއްޖޭގެ ކަނޑުގެ ބައެއް މޮރިޝަސްއަށް ދިން މައްސަލަ ބަލަން ހުށަހަޅައިފަ އެވެ. އެހެންކަމުން މިމައްސަލައިގެ އިންކުއަރީވެސް ކޮމިޓީން ކުރިއަށް ގެންދާނެ އެވެ. މިމައްސަލަތައް ބަލަން ހަތަރު މެމްބަރުންގެ ސަބް ކޮމިޓީއެއް އެލުލަވައިލިއިރު އެ ކޮމިޓީގައި ތިއްބަވާނީ އަޒާންގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްއާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އަދި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ