މާލެ: 31°C
ދެވަނަ ފަހަރަށް އައްޔަން ކުރެއްވި ތިން ވަޒީރުންނަށް ރުހުން ދީފި

ދެވަނަ ފަހަރަށް އައްޔަން ކުރެއްވި ތިން ވަޒީރުންނަށް ރުހުން ދީފި

June 10, 2024
3 ފަހަރު ބަލާފައި
ދެވަނަ ފަހަރަށް އައްޔަން ކުރެއްވި ތިން ވަޒީރުންނަށް ރުހުން ދީފި
ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮވެގެން ރުހުން ދޭން ދެކޮޅު ހެދި ތިން ވަޒީރުންނަށް މިއަދު ރުހުން ދީފި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން، މިދިޔަ މަޖިލީހުން ރުހުން ނުދޭން ނިންމި ވަޒީރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ އިތުރުން ހައުސިންގް މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. ތިން ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހަށް ފޮނުވުމާއެކު, ސަރުކާރުގެ ސުޕަ މެޖޯރިޓީއާ އެކީ ފެށި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ ތިން ވަޒީރުންނަށް ރުހުން އޮތް ކަމަށް މިދިޔަ ހަފްތާގައި ފާސްކޮށްފަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަކިވަކިން ނެގި ވޯޓުގައި ތިން ވަޒީރުންނަށް ވެސް ރުހުން ދީފައިވަނީ އަގްލަބިއްޔަތުންނެވެ. ނިމިދިޔަ މަޖިލީހުން ރުހުން ނުދިން ނަމަވެސް ރައީސް ވަނީ ތިން ބޭފުޅުން އަލުން މަގާމަށް އަލުން އައްޔަން ކުރައްވައިފަ އެވެ. ތިން ބޭފުޅުން ވެސް ގެންދަވަނީ މަގާމުގެ މަސްއޫލިއްތުތައް އަދާކުރައްވަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ