މާލެ: 31°C
ނާޒިމް ވިދާޅުވަނީ އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން ވާނީ ރަނގަޅު އެސެސްމަންޓެއް ހެދުމަށް ފަހު ކަމަށް

ނާޒިމް ވިދާޅުވަނީ އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން ވާނީ ރަނގަޅު އެސެސްމަންޓެއް ހެދުމަށް ފަހު ކަމަށް

June 10, 2024
2 ފަހަރު ބަލާފައި
ނާޒިމް ވިދާޅުވަނީ އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން ވާނީ ރަނގަޅު އެސެސްމަންޓެއް ހެދުމަށް ފަހު ކަމަށް
އިސްރާއީލުގެ ޕާސްޕޯޓް މަނާކުރަންވާނީ އެކަމުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުގެ ރަނގަޅަށް ދެނެގަތުމަށް ފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު، މީކާއީލް އަހުމަދު ނަސީމް، އިސްރާއީލުގެ ރައްޔިތުން ރާއްޖެ ނާދެވޭ ގޮތަށް އިމިގްރޭޝަން ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ "އިޒްރޭލް ޕާސްޕޯޓް ރާއްޖޭގައި މަނާ ކުރުމުން ރާއްޖެއަށް ކުރާނެ އަސަރުގެ ރަނގަޅު އެސެސްމެންޓެއް މަޖިލީހުގެ ކޮމިޓީން ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް. މިހާރު ވެސް ރާއްޖެއަށް ބުކިން ހަދައި، ފައިސާ ދައްކާފައި ތިބި މީހުން އުޅޭނެ. އެ ބުކިންތައް ކެންސަލް ކުރުމަށް ރިސޯޓްތަކުން ވެސް ކަންބޮޑުވާނެ،" ކަމަށެވެ. ނާޒިމް ވިދާޅުވީ އެ އިސްލާހަށް ގޮތެއް ނިންމާއިރު ކޮމިޓީ މަރުހަލާގައި ނިންމަން ޖެހޭ އަދި ބަލަން ޖެހޭ ހުރިހާ ނަޒަރިއްޔާތަކުން ބައްލުން މުހިންމު ކަމަށެވެ. އިގުތިސާދީ ގޮތުނާއި ސަލާމަތީ ގޮތުނާއި ރައްކާތެރިކަމުގެ ގޮތުން ރާއްޖެއަށް ކުރާނެ އަސަރު ކޮމިޓީއިން ބެލުމަށް ނާޒިމް ގޮވާލައްވާފައިވެއެވެ. ނާޒިމް ވިދާޅުވީ، ޒިންމާދާރުވުމަކީ ކަނު ބަނދެ ތިބެގެން ކަންކަން ނިންމުމެއް ނޫން ކަމަށެވެ. ގައުމު ދެކެ ލޯބިވުމަކީ ގައުމަށް ދުޝްމަނުން ހޯދާ ލިބިގަތުމެއް ނޫން ކަމަށާއި ގައުމުތަކަށް ވުރެ ތިމާމެން ނަގާ ޕޮޒިޝަން މާ މޮޅޭ ބުނުމެއް ވެސް ނޫން ކަމަށް ވިދާޅުވިއެވެ. މީގެ ކުރިން ގާސިމް އިބްރާހީމާއި ޕީއެންސީގެ ޕާލިއަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހުގެ ވާހަކަވެސް ބޮޑަށް ބިނާކުރައްވާފައި އޮތީ ބިލަށް ތާއީދު ނުކުރާ ރޫހެއްގައެވެ. ސަރުކާރުން ވަނީ އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމާ ގުޅޭ އިދާރީ އިޖުރާއަތުތައް ފުރިހަމަކުރުމަށް ނިންމައި، ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައެވެ.  

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ