މާލެ: 31°C
މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވާން ހުޅުވާލައިފި

މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވާން ހުޅުވާލައިފި

June 10, 2024
2 ފަހަރު ބަލާފައި
މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވާން ހުޅުވާލައިފި
މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ. ޔޫތު މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކައުންސިލަށް، ދެ އާންމު މެންބަރުން ހޮވުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން، އާންމު ދެ މެންބަރުން އިންތހާބުކުރުމަށް ބާއްވާ ވޯޓުލުމުގައި، ވޯޓުލާ ފަރާތްތައް ރަޖިސްޓްރީވުމަށް ހުޅުވާލާ ކަމަށް ވެސް ވަނީ ބުނެފައެވެ. ވޯޓު ރަޖިސްޓްރޭޝަން ފޯމް ބަލައިގަންނާނީ، މިމަހުގެ 10، 11، 12، 13، އަދި 23 ވަނަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން މެންދުރު 14:00 އަށް ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެ މިނިސްޓްރީ (ސޯޝަލް ސެންޓަރ) ގެ ރިސެޕްޝަނުން ވެސް ބަލައިގަންނާނެ ކަމަށް ބުނެފައިވެއެވެ. އޭގެ އިތުރުން، މިނިސްޓްރީގެ އީމެއިލް media@youth.gov.mv މެދުވެރިކޮށް ވެސް ފޯމުތައް ހުށަހެޅޭނެވެ. ހުށަހަޅާ ހުރިހާ ލިޔެކިއުމެއް ވެސް ހުންނަންވާނީ ޕީޑީއެފް ފޯމެޓަށް ކަމަށް މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ އިންތިހާބުގައި ވޯޓުލުމަށް އޭޕްރީލް އަދި މޭ 2024 ގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށެވެ. ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ ދެ އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދައެއް ނުކުރެވޭނެއެވެ. މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ 15 މެމްބަރުންގެ މައްޗަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ