މާލެ: 31°C
މީ ސިޔާސީ ކަމެއް ނޫން، އިޒްރޭލް ޕާސްޕޯޓް މަނާކޮށްދީ: މީކާއިލް

މީ ސިޔާސީ ކަމެއް ނޫން، އިޒްރޭލް ޕާސްޕޯޓް މަނާކޮށްދީ: މީކާއިލް

June 10, 2024
3 ފަހަރު ބަލާފައި
މީ ސިޔާސީ ކަމެއް ނޫން، އިޒްރޭލް ޕާސްޕޯޓް މަނާކޮށްދީ: މީކާއިލް
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅީ ނަތީޖާ ނެރެވޭނެ ކަމުގެ އުންމީދާ އެކުގައި ކަަމަށް ވިދާޅުވެ, ހުރިހާ ޕާޓީތަކެއް ގުޅިގެން ބިލު ފާސްކޮށްދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެދިވަޑައިގެންފި އެވެ. އޭނާ ވިދާޅުވީ އޭނާ ކިރައްވަނީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެއީ ގައުމީ ލެވަލްގައި އިޒްރޭލާ ދެކޮޅަށް ފެންހިފޭ ކަމެއް ކުރުމުގައި ހިތުގެ އިހްލާސްތެރިކަމާއެކު ކުރާ ކަމެއް ކަމަށެވެ. ބިލުގެ ބަހުސް މިއަދު ފަށާފައިވާއިރު އޭނާ ވިދާޅުވީ, ބިލުގެ މަގްސަދަކީ ދިވެހި ރާއްޖެއިންވެސް ބައިނަލްއަގުވާމީ ފެންވަރުގައި އިސްރާއީލާއި ދެކޮޅަށް ފިޔަވަޅު އަޅާ މި އެޅުމުގައި ހަރުދަނާ ފެން ހިފޭނޭ ފިޔަވަޅެއް އެޅުން ކަމަށެވެ. އެކަމަށްޓަކައި ހުރިހާ ޕާޓީއެއްގެ ތާއީދު ވެސް ބޭނުންވާ ކަމަށާއި ސިޔާސީ ފިކުރު އެއްކިބާކޮށް މިކަމަށް ގުޅިގެން މަސައްކަތް ކޮށްދިނުމަށް މީކާއީލް އެދިވަޑައިގެންނެވި އެވެ. މީކާއިލް ވިދާޅުވީ ސިޔާސީ ގުދޯގުދޯ ގޮވުމުގެ ބަދަލުގައި ހުރިހާ ޕާޓީއެއް ގުޅިގެން ރަނގަޅު މަސައްކަތެއް ކޮށް, ބިލު އަވަސް ކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މީކާއިލްގެ ބިލުގައި ވަނީ އިޒްރޭލު ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް ނަމަވެސް އިޒްރޭލު ޕާސްޕޯޓެއް އޮތް ނަމަ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފަ އެވެ. ސަރުކާރުން ވެސް ވަނީ އިޒްރޭލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ނިންމައިފަ އެވެ. ނަމަވެސް މި ބިލަށް ތާއީދު ކުރައްވާނެކަން ސަރުކާރުން ސީދާ ހާމަކޮށްފައެއްނުވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ