މާލެ: 31°C
އެއްވަގުތެއްގައި އެންމެ ގިނަ ފްލައިޓް އުދުހިފައި ވަނީ ހޮނިހިރު ދުވަހު

އެއްވަގުތެއްގައި އެންމެ ގިނަ ފްލައިޓް އުދުހިފައި ވަނީ ހޮނިހިރު ދުވަހު

June 10, 2024
3 ފަހަރު ބަލާފައި
އެއްވަގުތެއްގައި އެންމެ ގިނަ ފްލައިޓް އުދުހިފައި ވަނީ ހޮނިހިރު ދުވަހު
ފޮޓޯގައި ރީނދޫކުލައިން ފާހަގަކޮށްފައި އެވަނީ ހުސް މަތިންދާ ބޯޓެވެ. ދުވަހަކީ މިދިޔަ ހޮނިހިރު ދުވަހެވެ. ފްލައިޓްރާޑަ24 އިން މި ފޮޓޯ އާންމު ކުރަމުން ބުނެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 30؛14ޔޫޓީސީ އަކީ ވައިގެ ތެރޭގައި އެއްފަހަރާ އެންމެ ގިނަ ފްލައިޓް އުދުހުނު ކަމަށް ފްލައިޓްރާޑަ24 އަށް ރެކޯޑް ކުރެވިފައިވާ ވަގުތެވެ. އެދުވަހުގެ އެވަގުތު ދުނިޔޭގެ އެކި ހިސާބުތަކުގައި ޖުމްލަ 23158 ފްލައިޓް އުދުހެމުން ދިޔަކަމަށް ރާޑަރަށް ރެކޯޑް ކުރެވިފައިވެއެވެ. މި ފޮޓޯ އާންމުކުރި ސަބަބެއް ކަމަށް ފްލައިޓްރާޑަ24 އިން ބުނެފައި ވަނީ އެއް ފަހަރާ އެންމެ ގިނަ ފްލައިޓް އުދުހުނު ކަމަށް ރާޑަރަށް ރެކޯޑްކުރެވިފައި ކިހާވަރެއްތޯ އެކި ފަރާތްތަކުން ތަކުރާރުކޮށް ސުވާލުކުރާތީއެވެ. މިދިޔަ ހޮނިހިރު ދުވަސް ފްލައިޓްރާޑަ24 އިން ފާހަގަކުރަނީ ރެކޯޑް އަދަދަކަށް އެއް ފަހަރާ (އެއް ވަގުތެއްގައި) އެންމެ ގިނަ ފްލައިޓް އުދުހުނު ދުވަހުގެ ގޮތުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ