މާލެ: 31°C
އީދު ބޯމަތިވެއްޖެ، މަސްވެރިންނަށް ލާރި ނުދޭތާ ދެމަސް

އީދު ބޯމަތިވެއްޖެ، މަސްވެރިންނަށް ލާރި ނުދޭތާ ދެމަސް

June 10, 2024
3 ފަހަރު ބަލާފައި
އީދު ބޯމަތިވެއްޖެ، މަސްވެރިންނަށް ލާރި ނުދޭތާ ދެމަސް
ބޮޑު އީދު އައިސް ޖެހުނުއިރު، ކިރުވި މަސްކޮޅަށް ލާރި ނުލިބޭތީ މަސްވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. މިނިވަންއަށް އެނގިފައިވާ ގޮތުގައި މަސްވެރިންނަށް އެންމެ ފަހުން ފައިސާ ދޫކޮށްފައިވަނީ ފާއިތުވި އޭޕްރީލް މަހުގެ ކުރީކޮޅުއެވެ. "އީދު އައިސް ޖެހުނީ، އަދިވެސް ލާރިކޮޅެއް ނުލިބޭ. ރޯދައަށް ވެސް ހަމަ މިހެން ދިމާވީ. އަހަރެމެންނަށްވެސް ދެތިން މިލިއަން ރުފިޔާ ނުލިބި އެބަހުރި،" ދެކުނުގެ މަސްދޯންޏެއްގެ ކެޔޮޅަކު ބުންޏެވެ. މިނިވަން އައަށް މައުލޫމާތު ލިބޭ ގޮތުގައި ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި ކިރުވި މަހަށް މަސްވެރިންނަށް ދޫކުރަން ޖެހޭ ޖުމްލަ ފައިސާ އަދަދު 80 މިލިއަނުން މައްޗަށް އަރައެވެ. ލާރި ލިބުން ލަސްވާ މައްސަލައިގެ ކަންބޮޑުވުން މަސްވެރިން ގެންދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައިވެސް ފާޅުކުރަމުންނެވެ. މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ އެންމެ މުހިއްމު އެއް ވައުދެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ