
ރާއްޖެ-އިންޑިޔާ ގުޅުން ރަނގަޅުވާތީ ނަޝީދު އުފަލުން
ރާއްޖެ-އިންޑިޔާ ގުޅުން ރަނގަޅުވާތީ ނަޝީދު އުފަލުން
ލިޔުން:
އިންޑިއާ އާއި ރާއްޖޭގެ ގުޅުން ދިގު މުއްދަތަކައް ދެމިހުންނާނެ ކަމަށް އުއްމީދު ކުރާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޚާރިޖީ ސިޔާސަތު އިތުރަށް ހަރުދަނާކުރެއްވުމަށް ރައީސް މުޢިއްޒާއި ބޮޑުވަޒީރު މޯދީ ގެންގުޅުއްވާ ދުރުވިސްނުންފުޅަށް މަރުޙަބާ ދަންނަވާ ކަމަށެވެ.
އަދި އެގައުމުގެ ރައްޔިތުންނަށް ހެޔޮ އެދުން އަރިސްކުރާ ކަމަށާއި ދެ ގައުމުގެ ގުޅުން ދިގު މުއްދަތަކަށް ދެމިހުންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް، މި ވަގުތު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ނަޝީދު ވިދާޅުވިއެވެ.
ރައީސް އަށް އެ ރަސްމިއްޔާތުގެ ދައުވަތު ރަސްމީކޮށް އަރުވާފައި ވަނީ ހޮނިހިރު ދުވަހު، އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު، މުނޫ މަހާވަރު ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގެ ތެރެއިންނެވެ.
އެމަނިކުފާނު އިންޑިއާއަށް މި ވަޑައިގަތީ ވެރިކަމަށް ވަޑައިގަތުމަށްފަހު ރަސްމީ ހައިސިއްޔަތުން ފުރަތަމަ ފަހަރަށެވެ.
ރައީސް ޑރ. މުއިއްޒުގެ މިދަތުރުފުޅަށް އިންޑިޔާގެ މީޑިއާއިންވެސް ޚާއްސަ ސަމާލުކަމެއް ދީފައިވެއެވެ. އެއީ ޑރ. މުއިއްޒުގެ ވެރިކަން ފެށިގެން އައީ އިންޑިއާއަށް ބަދުބަސް ބުނަމުން ކަމަށްވާތީއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
