
ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް މޯދީ ހުވާކުރައްވައިފި
ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް މޯދީ ހުވާކުރައްވައިފި
ލިޔުން:
ބީޖޭޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ، ނަރެންދުރަ މޯދީ. ތިންވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފިއެވެ.
ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ ދިއްލީގައި ހުންނަ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މިދިޔަ އޭޕްރިލް މަހުގެ 19އިން މިހިނގާ ޖޫންމަހުގެ އެއްވަނަ ދުވަހު ބޭއްވި އިންތިހާބުގައި މޯދީގެ ޕާޓީން ވަނީ 543 ގޮނޑީގެ ތެރެއިން 240 ގޮނޑި ކާމިޔާބުކޮށްފައެވެ.
މިފަހަރުގެ އިންތިހާބުގައި ބީޖޭޕީއަށް ލިބުނު ތާއީދު ބޮޑުތަނުން ދަށްވެފައިވާއިރު، ސަރުކާރު އެކުލަވާލާފައިވަނީ ކޯލިޝަނެއްގެ ތެރެއިންނެވެ.
މޯދީ ހުވާކުރުމުގެ ރަސްމިއްޔާތުގައި 7 ޤައުމެއްގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއިރު، މީގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިތުރުން އަވައްޓެރި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ސީޝެލްސްގެ ނައިބު ރައީސް އަހުމަދު އަފީފްގެ އިތުރުން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ހިމެނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
