މާލެ: 31°C
ފަގީރަކަށް ވިޔަސް ނުވިޔަސް ދައުލަތުގެ ހަރަދުގައި ކުރާ ހައްޖު ރަނގަޅުވާނެ: ޝަހީމް

ފަގީރަކަށް ވިޔަސް ނުވިޔަސް ދައުލަތުގެ ހަރަދުގައި ކުރާ ހައްޖު ރަނގަޅުވާނެ: ޝަހީމް

June 9, 2024
3 ފަހަރު ބަލާފައި
ފަގީރަކަށް ވިޔަސް ނުވިޔަސް ދައުލަތުގެ ހަރަދުގައި ކުރާ ހައްޖު ރަނގަޅުވާނެ: ޝަހީމް
ފަގީރަކަށް ވިޔަސް ނުވިޔަސް ދައުލަތުގެ ހަރަދުގައި ކުރާ ހައްޖު ރަނގަޅުވާނޭކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ކެރިފޯރުންްްްތެރިކަން ހުންނަ ބައެއް ފަރާތްތައް ހައްޖަށް ގެންގޮސްފައިވާކަމަށް ތުހުމަތުކޮށް އަދި ސަރުކާރުގެ ހަރަދުގައި ހައްޖަށް މީހުން ގެންދިއުމާ ގުޅޭގޮތުން މިހާރު ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުން މިނިސްޓަރު ޝަހީމްގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަގީރަކަށް ވިޔަސް އަދި ފަގީރަކަށް ނުވިޔަސް ސަރުކާރުން ނުވަތަ އެހެންމީހެއްގެ އެހީގައި ކުރާ ހައްގު 100 އިންސައްތަ ރަނގަޅުވާނޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރަކީ ރައްޔިތުންގެ ބެލެނިވެރި ފަރާތްތަކަމަށާއި ސަރުކާރުގެ ހުންނާނީ ރައްޔިތުންގެ ހައްގު ހިމެނޭ ފައިސާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއީ ސިޔާސީ ވާހަކައެއް ނޫންކަމަށާއި، މިއީ ދީނީ ވާހަކައެއް ކަމަށެވެ. ރައީސް މައުމޫނު ވެރިކަމުގައި ސަރުކާރުގެ ހަރަދުގައި އަހަރަކު 40 މީހުން ހައްޖަށް ފޮނުއްވިކަން ފާހަގަކުރަމުން ޝަހީމް ވިދާޅުވީ ސައުދީ ސަރުކާރުގެ ހަރަދުގައިވެސް ޤައުމުތަކުން މީހުން ހައްޖަށް ގެންދާކަމަށެވެ. މިގޮތުން ސައުދީ ސަރުކާރުގެ އެހީގައި މިފަހަރު ފަލަސްތީނުން އެކަނިވެސް 1،000 މީހުން ހައްޖަށް ގެންދާކަން މިނިސްޖބޓަރު ފާހަގަކުރެއްވިއެވެ. "ސަރުކާރުގެ ހަރަދުގައި ކުރާ ހައްޖު ސައްހަވާނޭކަމަށް ސައުދީ  އަރަބިއްޔާގެ ދަންނަ ބޭކަލުންގެ މަޖިލީހުގެ ފަތުވާއެއް އޮންނާނެ، އަދި އިސްލާމީ ދުނިޔޭގެ އެންމެ ބޮޑެތި އިލްމުވެރިންގެ ފަތުވާ އޮންނާނެ" އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ ސަރުކާރުގެ ހަރަދުގައި ނިކަމެތިން ހައްޖަށް ފޮނުއްވުމަކީ ރައީސް ޑރ.މުއިއްޒު ކުރެއްވި ވަރަށްބޮޑު ހެޔޮކަމެއް ކަމަށާއި، މިކަން ބޮޑު ފިތުނައަކަށް ހަދައި ހައްޖަށްދިޔަ މީހުންގެ ހައްޖާމެދު ސައްހަކަން އުފައްދައި އެމީހުންގެ އަނބިދަރިންނަށް އަނިޔާ ދިނުމަކީ ވަރަށް ބޭއިންސާފް ކަމެއް ކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ