މާލެ: 31°C
މިރަންދޫ ރިސޯޓަށް ޖެއްސި ސީޕްލޭނެއް އެކްސިޑެންޓްވެ އަޑިއަށް ގޮސްފި

މިރަންދޫ ރިސޯޓަށް ޖެއްސި ސީޕްލޭނެއް އެކްސިޑެންޓްވެ އަޑިއަށް ގޮސްފި

June 9, 2024
3 ފަހަރު ބަލާފައި
މިރަންދޫ ރިސޯޓަށް ޖެއްސި ސީޕްލޭނެއް އެކްސިޑެންޓްވެ އަޑިއަށް ގޮސްފި
މިރަންދޫ ރިސޯޓަށް ޖެއްސި ސީޕްލޭނެއް އެކްސިޑެންޓްވެ އަޑިއަށް ގޮސްފިއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ހިނގާދިޔަ މި އެކްސިޑެންޓްގައި ޓްރާންސް މޯލްޑިވިއަން އެއަވޭސްގެ ބޯޓުގެ ފަހަތްކޮޅު ވަނީ އެއްކޮށް އަޑިއަށްގޮސްފައެވެ. މި ހާދިސާ ހިނގާފައިވަނީ ބ.އަތޮޅު ވެސްޓިން މޯލްޑިވްސް މިރަންދޫ ރިސޯޓް ފަޅުތެރޭގައެވެ. އެކްސިޑެންޓްގައި އެވަގުތު ބޯޓުގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މި އެކްސިޑެންޓްގައި ބޯޓުގެ އެއް ކަނދު ނެއްޓިފައިވާއިރު، ބޯޓުގެ ބޮޑު ބަޔަކަށް ވަނީ ލޮނުގަނޑު ވަދެފައެވެ. ޓީއެމްއޭއަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެބޮޑު ސީޕްލޭން އޮޕަރޭޓްކުރާ ކުންފުންޏެވެ. މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ބައެއް ފަހަރު މިފަދަ ހާދިސާތައް ދިމާވެއެވެ. މި ހާދިސާ ހިނގި ސަބަބެއް އަދި އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ