
ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު އަދާކުރަންޖެހޭ ބޮޑު ޒިންމާއެއް: ނައިބް ރައީސް
ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު އަދާކުރަންޖެހޭ ބޮޑު ޒިންމާއެއް: ނައިބް ރައީސް
ލިޔުން:
ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު އަދާކުރަންޖެހޭ ބޮޑު ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ޚިދުމަތެއް ހޯދުމަށް ސަރުކާރުގެ އިދާރާއަކަށް ރައްޔިތުން ދާއިރު، ޚިދުމަތް ފޯރުކޮށްދީ މަގުދައްކުވައިދޭން ތިބެނީ ސިވިލް ސާިވިސް މުވައްޒަފުންކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ކޮންމެ ސަރުކާރެއްގެ އަމާޒުތައް ހާސިލް ކުރުމަށްވެސް ސިވިލް ސާވިސްއިން މުހިންމު ދައުރެއް އަދާ ކުރާ ކަމަށެވެ.
ރައީސުލްޖުމުހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، 4 ވަނަ ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމީއްޔާތު ޝަރަފުވެރިކޮށްދެއްވައިދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޤާނޫނީ ބާރު ލިބިގެން ދިވެހި ސިވިލް ސާވިސް ހިނގަން ފެށިތާ 17 އަހަރު ވެފައިވާއިރު، މިއަދާ ހަމައަށް ފެންނަނީ ޒަމާނާ ގުޅޭ ހެޔޮ ބަދަލުތަކަކާއި އެކު އޮތް މިނިވަން މުޢައްސަސާއެއް ގޮތުގައެވެ. އަދި ފެނިގެންދަނީ ޚިދުމަތްތެރިން ބިނާ ކުރުމާއި ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގައި އީޖާދީ މަސައްކަތްތަކެއް ކޮށްފައިވާ މުޢައްސަސާއެއް ގޮތުގައެވެ.
"އޭރަކު އެ އޮންނަ ސަރުކާރަކުން ކަނޑައަޅާ އަމާޒުތަކަށް ޤައުމު ގެންގޮސްދީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދޭން މަސައްކަތް ކުރާ އެއްބަޔަކީ ސިވިލް ސާވިސް. ކޮންމެ ސަރުކާރެއްގެ ވެސް އަމާޒުތައް ހާސިލް ކޮށްދިނުމުގައި ޤައުމީ ލޯބީގައި ވަރަށް މުރާލި ކަމާއި ޖޯޝާއި އައްސަރިބަހާއި ސާބަސް ތަކުރާރުކުރަން ޖެހޭނެ ބޮޑެތި ޚިދުމަތްތަކެއް ދިވެހި ސިވިލް ސާވިސްއިން ދަނީ ކޮށްދެއްވަމުން " ނައިބު ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
