މާލެ: 31°C
އެމްޓީސީސީގެ "ހުނަވަރު" ޕްރޮގްރާމަށް ހުޅުވާލައިފި

އެމްޓީސީސީގެ "ހުނަވަރު" ޕްރޮގްރާމަށް ހުޅުވާލައިފި

June 8, 2024
3 ފަހަރު ބަލާފައި
އެމްޓީސީސީގެ "ހުނަވަރު" ޕްރޮގްރާމަށް ހުޅުވާލައިފި

އެމްޓީސީސީން ކުރިއަށޒް ގެންދާ އެޕްރެންޓިސް ޕްރޮގްރާމެއް ކަމަށްވާ "ހުނަވަރު" ގެ އާ ބުރަކަށް އެ ކުންފުނިން ހުޅުވާލައިފިއެވެ.

"ހުނަވަރު ޓެކްނިކަލް ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2024" ގައި ބައިވެރިވާން ޝައުގުވެރިވާ ޒުވާނުންނަށް އެޕްލައިކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 11 އާ ހަމައަށެވެ. އެގޮތުން އެމްޓީސީސީގެ ހުނަވަރު ޕޯޓަލް މެދުވެރިކޮށް  އެޕްލައި ކުރެވޭނެއެވެ. އެމްޓީސީސީން ބުނީ މި ޕްރޮގްރާމް ކުރިއަށްގެންދާ މުއްދަތުގެ ތެރޭގައި ކޮންމެ ބައިވެރިއަކަށް މަހަކު 5،000ރ. ގެ އެލަވަންސެއް ލިބޭނެ ކަމަށެވެ. އަދި މި ތަމްރީނު ޕްރޮގްރާމުގެ ތެރޭގައި މަސައްކަތް ކުރަންޖެހެނީ ހަފްތާއަކު ހަ ދުވަހު ދުވާލަކު އަށް ގަޑިއިރު ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. "ހުނަވަރު" ޕްރޮގްރާމްގެ ތެރޭގައި ވެލްޑަ، މެރިން މެކޭނިކް، އިލެކްޓްރީޝަން، ފައިބަގްލާސް ޓެކްނީޝަން، މެޝިނިސްޓުން ތަމްރީނު ކުރާނެއެވެ.

އޭގެ އިތުރުން، ހެވީވެހިކަލް އޮޕަރޭޓަ އޮޓޯމޮބައިލް އިލެކްޓްރީޝަން އަދި ހައިޑްރޯލިކް މެކޭނިކުން ތަމްރީނުވުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. އަދި ޓިންކަ، ޓަގް އޮޕަރޭޓަ، ޑޮރޭޖް އޮޕަރޭޓަ، ޑްރެޖް މެކޭނިކް ދާއިރާ އަށް ބޭނުންވާ މުއައްޒަފުން ވެސް ތަމްރީން ކުރެވޭނެއެވެ.

ޕްރޮގްރާމަށް ކުރިމަތިލުމުގެ ޝަރުތުތަކަކީ، މަގާމާ ގުޅޭ ދާއިރާއަކުން ތައުލީމު ހާސިލްކުރަމުންދާ ފަރާތަކަށްވުމާއި ނުވަތަ މަސައްކަތަށް ޝައުގުވެރިކަން ހުރުމާއި އާ ހުނަރު ދަސްކުރަން ޝައުގުވެރިކަން ހުރުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ