މާލެ: 31°C
ހަތަރު މީހުންނާއެކު ދަތުރުކުރި މުދާއުފުލާ ދޯންޏެއް އަޑިއަށް

ހަތަރު މީހުންނާއެކު ދަތުރުކުރި މުދާއުފުލާ ދޯންޏެއް އަޑިއަށް

June 7, 2024
2 ފަހަރު ބަލާފައި
ހަތަރު މީހުންނާއެކު ދަތުރުކުރި މުދާއުފުލާ ދޯންޏެއް އަޑިއަށް
ހަތަރު މީހުންނާއެކު ޅ.އަތޮޅަށް ދަތުރުކުރި ދޯންޏެއް މިރޭ ދިޔަވެ އަޑިއަށް ގޮސްފިއެވެ. އެމްއެންޑިއެފުން މައުލޫމާތުދޭ ގޮތުގައި މި ދޯނި އަޑިއަށްދާކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ އިރާކޮޅު 20:52 ގައެވެ. "ލޫމް 2" ނަމަކަށް ކިޔާ މި ދޯނި ދިޔަވެ އަޑިއަށްގޮސްފައިވަނީ، ކ. ހެލެގިލި ކައިރިންނެވެ. އެމްއެންޑީއެފަށް މި ދޯނި އަޑިއަށްދާކަމުގެ މައުލޫމާތު ލިބުމާއެކު މާލެ އޭރިއާ ކޮމާންޑް ކޯސްގާޑް ސެކަންޑް ސްކޮޑްރަނުން ވަނީ އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މޫސުން ގޯސްވެ، މިދިޔަ ހަފްތާގައިވެސް ކަނޑުމަތީގެ ހާދިސާތަކެއް ވަނީ ހިނގާފައެވެ. މިގޮތުން މާލެއިން މުދާ ބަރުކޮށްގެން ށ.އަތޮޅަށް ދަތުރު ކުރަމުންދިޔަ އުޅިއަށި ބޯޓު ވަނީ ބިލެތްފައްސަށް ވަންނަނިކޮށް މުދަލާއެކު އަޑިއަށްގޮސްފައެވެ. https://x.com/MNDF_Official/status/1799144166997500323 މި މޫސުމަކީ ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރު ކަމުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ކަމާއިބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ