މާލެ: 31°C
އިސްލާމީ އުއްމަތް ނިކަމެތިވެގެންދަނީ ދީނުގެ އުސޫލްތަކުގައި ސާބިތުވާންޖެހޭ މިންވަރަށް ސާބިތުނުވާތީ: ހުތުބާ

އިސްލާމީ އުއްމަތް ނިކަމެތިވެގެންދަނީ ދީނުގެ އުސޫލްތަކުގައި ސާބިތުވާންޖެހޭ މިންވަރަށް ސާބިތުނުވާތީ: ހުތުބާ

June 7, 2024
2 ފަހަރު ބަލާފައި
އިސްލާމީ އުއްމަތް ނިކަމެތިވެގެންދަނީ ދީނުގެ އުސޫލްތަކުގައި ސާބިތުވާންޖެހޭ މިންވަރަށް ސާބިތުނުވާތީ: ހުތުބާ
މުސްލިމުންގެ އަަދަދު އިތުރުވިނަމަވެސް މިއަދު މުސްލިމު އުއްމަތް ނިކަމެތިވެގެންދަނީ ދީޏުގެ އުސޫލްތަކުގައި ސާބިތުވާންޖެހޭ މިންވަރަށް ސާބިތުނުވާތީކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ހުތުބާގެ ހާއްސަކޮށްފައިވަނީ "ފަލަސްތީނާއިމެދު، އިސްލާމީ އުއްމަތުގެ މަސްއޫލިއްޔަތު" މި މައުލޫގެ މައްޗަށެވެ. ހުތުބާގައި ބުނީ އިސްލާމީ އުއްމަތުގެ ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި މުސްލިމުންނާ ދެކޮޅަށް ކުރެވެމުންދާ ހަނގުރާމަތަކާއި އިސްލާމީ ސަގާފަތާއި އުއްމަތުގެ ޙަޟާރަތު ފުނޑުފުނޑުކޮށްލުމަށް ޓަކައި ހިންގަމުންދާ ފިކުރީ ހަނގުރާމަތަކަކީ، އިސްލާމީ އުއްމަތް ނިކަމެތިވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތުވެފައިވާ ކަންކަން ކަމަށެވެ. އަދި އެކަންކަމުގެ ކުރިމަތީގައި ނިކަމެތިވެފައި ތިބެން ޖެހެނީ އިސްލާމްދީނުގެ އުޟޫލުތަކުގައި ސާބިތުވާންޖެހޭ މިންވަރަށް ސާބިތުނުވުމުގެ ސަބަބުން ކަމަށެވެ. ދީނުގެ ކަންކަމުގެ މައްޗަށް ދުނިޔޭގެ އެދުންތަކާއި މާއްދިއްޔަތު އިސްކުރުމުގެ ސަބަބުންނެވެ. ހުތުބާގައި ބުނީ މުސްލިމުންގެ އަދަދު ކިތަންމެ ގިނަ ނަމަވެސް، ދުންޔަވީ އެދުން އިސްކޮށް، މަރުދެކެ ބިރުން ތާއަބަދަށް ދުނިޔޭގައި އުޅުމުގެ ދަހިވެތިކަން ހިތުގައި އުފެދިއްޖެނަމަ، މުސްލިމުން ބަލިކަށިވެގެންދާނޭކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، މުސްލިމުންނަށް ނަޟްރު ލިބުން އިތީ އަާޤީދާ ވަރުގަދަކޮށް ޙައްޤު ގޮތުގައި ﷲ އަށް އީމާންވެ، ޤްރުއާނާއި ސުންނަތުގައި ހިފައިގެން ކަމަށެވެ. މީގެ އިތުރުން އެކުވެރިވެ، އެއްބައިވަންތަ ވުމާއި ހަސަދަވެރިކަމާއި ރުޅިވެރިކަން އެއްކިބާވެ އަޅުގަނޑުމެންގެ ހަޔާތުގައި އިސްލާމްދީން ޤާއިމްކޮށްގެން ކަމަށެވެ. ކީރިތި ރަސޫލާގެ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުން އެ ދެކަމެއްގައި ހިފައިގެން ތިބިހައި ހިނދަކު، ތިޔަބައިމީހުން ގެއްލެނިވެގެން ނުދާނެ ދެ ކަމެއް، ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ދޫކުރައްވަމުއެވެ. އެއީ ﷲ ގެ ފޮތާއި އެކަލާނގެ ނަބިއްޔާގެ ސުންނަތެވެ. ހުތުބާގައި ބުނީ މުސްލިމުންގެ ހައިސިއްޔަތުން ފަލަސްތީނުގެ ރައްޔިތުންނާމެދު އަދާކުރަންޖެހޭ އަހްލާގީ އަދަބުތަކެއް ވާކަމަށާއި، އެގޮތުން ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލުމާއި، ފަލަސްތީނު ރައްޔުތުންނަށްޓަކައި ހެޔޮދުއާ ކުރުމާއި އިންސާނީގޮތުން އެހީތެރިވުމަށް އަޅުގަނޑުމެން އަތުގުޅައިލަން ޖެހޭ ކަމަށެވެ. ފަލަސްތީނު ރައްޔިތުންނަށް ދިމާވެފައިވާ އިންސަނީ ބިޑު ކާރިސާއާ ގުޅިގެން އެހީތެރިވުމަކީ މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން އަދާކުރަންޖެހޭ އަހްލާގީ އަދި ދޒިނީ ވާޖިބެއް ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ