މާލެ: 31°C
ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް ވިސާ ލިބޭނެ: ލަންކާ

ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް ވިސާ ލިބޭނެ: ލަންކާ

June 7, 2024
2 ފަހަރު ބަލާފައި
ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް ވިސާ ލިބޭނެ: ލަންކާ
ސްރީލަންކާއިން ވިސާގެ އުސޫލުތަކަށް ބަދަލު ގެނައި ނަމަވެސް ދިވެހިންނަށް ކުރިންވެސް އޮންނަ އުސޫލުން ލަންކާއަށް ދަތުރުކުރެވޭނޭކަމަށް އެޤައުމުގެ ސަރުކާރުން ބުނެފިއެވެ. ރާއްޖޭގެ ހާރިޖީ ވަޒީރު ދާދިފަހުން ލަންކާއަށް ކުރެއްވި ޒިޔާރަތުގައި އެޤައުމުގެ ކަމާއިބެހޭ ފަރާތްތަކާއެކު ވަނީ ލަންކާ ވިސާގެ އުސޫލަށް ގެނައި ބަދަލާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްގެންގޮސްފައެވެ. ސްރީލަންކާގެ މިނިސްޓަރ އޮފް ޕަބްލިކް ސެކިއުރިޓީ ޓިރަން އަލެސް އާއެކު ހާރިޖީ ވަޒީރު މޫސާ ޒަމީރު ބޭއްވި ބައްދަލުވުންތަކަށްފަހު، ޓިރަން އަލެސް ވިދާޅުވެފައިވަނީ ދިވެހިންނަށް ކުރިއެކޭ އެއްގޮތަށް 90 ދުވަހުގެ ވިސާ ލިބިގެންދާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެކަމާގުޅޭ ރަސްމީ ލިޔެކިއުންތައްވެސް ނިމިފައިވާކަމަށާއި، ލަންކާގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުން ދައްކަންޖެހޭ ވިސާ ފީއަށްވެސް އެކަށީގެންވާ ހައްލެއް ގެނެސްދެއްވާނޭކަމަށް ޓިރަން ވަނީ ފާހަގަކުރައްވާފައެވެ. މިހާރު ހަމަޖެހިފައި އޮތްގޮތުން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބުނު ނަމަވެސް އެއަށްވުރެ ދިގުމުއްދަތަކަށް ތިބެން ބޭނުންނަމަ ތިބެވޭނީ އިދާރީ ހަމަޖެހިފައިވާ އިދާރީ ފީއަކާއެކު 6 މަސްދުވަހުގެ މުއްދަތަކަށެވެ. ސްރީލަންކާއިން މިހާރު ގެންގުޅެމުން އަންނަ އުސޫލަށް ބަލާއިރު އެޤައުމަށް އެތެރެވާނަމަ ކުރިއަލާ ވިސާ ހައްދަން ޖެހެއެވެ. އެއީ 30 ދުވަހަށްނަމަ 50 ޑޮލަރެވެ. ސްރީލަންކާއަކީ ދިވެހިން އެކި ބޭނުންތަކުގައި ވަރަށް ގިނައިން ގޮސް އުޅޭ ޤައުމެކެވެ. ލަންކާގައި ގިނަ އަދަދެއްގެ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާއިރު، ދެން އެންމެ ގިނައިން ދިވެހިން އެޤައުމަށް ދަތުރުކުރަނީ ސިއްހީ ބޭނުންތަކުގައެވެ. މީގެ އިތުރުން ވިޔަފާރީގެ ބޭނުންތަކުގައިވެސް ގިނަ ދިވެހިން ލަންކާއަށް ދަތުރުކުރެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ