
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ލިޔުން:
ހިއުމަން ރައިޓްސް ކޮމިޝަން މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިމިވަނީ މެމްބަރުކަމުގެ މަޤާމު ހުސްވެފައިވާތީއެވެ. އެޗްއާރުސީއެމްގެ މެމްބަރުކަމުގެ މަޤާމު ހުސްވެފައި އޮންނަތާ އަހަރެއްހާ ދުވަސް ވެފައިވާއިރު، މީގެ ކުރިންވެސް ވަނީ އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.
އެޗްއާރުސީއެމްގެ މެންބަރުންނަކީ ރައީސްކަމުގެ މަޤާމުގައި ހުންނެވި މަރިޔަމް މުނާގެ އިތުރުން، މުއުމިނާ ވަހީދު، އާމިނަތު ޝިފާއަތު އަދި މެންބަރު ސަމާއު އަހުމަދު ނަޖީބެވެ. ހިއުމަން ރައިޓްސް ކޮމިޝަންގައި ޖުމްލަ 5 މެމްބަރުން ތިއްބަވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިހިނގާ ޖޫންމަހުގެ 30 ވަނަ ދުވަހު ހެނދުނު 08:30 އިން މެންދުރުފަހު 12:30 އަށް، ރައީސަް އޮފީހަށް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
