މާލެ: 31°C
ފޮރިން މިނިސްޓަރު ޒަމީރު ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު ޒަމީރު ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

June 6, 2024
3 ފަހަރު ބަލާފައި
ފޮރިން މިނިސްޓަރު ޒަމީރު ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ސްރީލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދެނާއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމަށްފަހު، މިނިސްޓަރ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ގާތް އެކުވެރި ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. ލަންކާ އާއި ރާއްޖެއަކީ ގާތް ރަހުމަތްތެރި ދެ ގައުމުކަމަށާއި އެ ގުޅުން ކުރިއަށް އޮތްތާގައި ވެސް ބަދަހި ކަމާއެކު ދެމެހެއްޓުމަށް ވެސް މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ލަންކާއިން ރާއްޖެއަށް އިޖްތިމާއީ ގޮތުން ފޯރުކޮށްދޭ އެހީތަކަށް ބޮޑު ވަޒީރުގެ އަރިހުގައި ޝުކުރު އަދާކުރެއްވި ކަމަށެވެ. https://twitter.com/MoosaZameer/status/1798628214828671230 މިނިސްޓަރު ޒަމީރު ލަންކާއަށް ކުރެއްވި މި ދަތުރުފުޅަކީ ލަންކާގެ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކްގެ ފޮރިން މިނިސްޓަރު އެމްޔޫއެމް އަލީ ސަބްރީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ޝެރީނާ އަބްދުލް ސަމަދާއި، އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރުގެ އިތުރުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އައިޝަތު ފަރީނާ ވެސް ބައިވެރިވެވަޑައިގަންނަވައެވެ. މިނިސްޓަރ މިދިޔަ މަހުގެ ކުރީކޮޅު އަވަށްޓެރި އިންޑިއާ އަށް ވެސް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ