
މާލޭގެ ރަށްދެބައި މަގަށް ކުނި އެޅި ބަޔަކު ހޯދަނީ
މާލޭގެ ރަށްދެބައި މަގަށް ކުނި އެޅި ބަޔަކު ހޯދަނީ
ލިޔުން:
މާލޭގެ ރަށްދެބައި މަގަށް ކުނި އެޅި ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަށްދެބައި މަގަށް ކުނި އެޅި ބަޔަކު ފުލުހުންނާއި ގުޅިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރީތި، ފެހި، އާމާން، ސާފު މާލެ ސިޓީއަކަށް ދިއުމަށް ވެމްކޯއާއި މާލެ ސިޓީ ކައިންސިލުން ކުރާ މަސައްކަތް ހިތްވާރާއެކު ފޫހިކަމެއް ނެތި ގަދަ ހިތްވަރާއެކު ކުރިއަށް ގެންދާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
"މާތް ﷲ ގެ ހެޔޮ ރަހުމަތުން މާލެ ސިޓީ ރައްޔިތުންނަށް ސާފު އަމާން މާލެއެއް ލިބޭނެ." މޭޔަރު ވިދާޅުވިއެވެ.
https://twitter.com/adamazim/status/1798565808362451412
މާލެ ސަރަހައްދުގައި މަގުތަކައް ކުނި އެޅުމުގެ މައްސަލަ ބޮޑުވެގެން ދިޔައީ ނިމިދިޔަ ރޯދަ މަހާއި ގުޅިގެން ގެތަށް ސާފުކޮށް މަގުމަށްޗަށް ކުނިތައް އުކާލަން ފެށުމުންނެވެ. އެކަމުގެ ސަބަބުން މަގުތަކުގައި ކުނި ގިނަވެ ހިނގާބިނގާވެ އުޅުމަށާއި ދުއްވާ އެއްޗިއްސަށް އުނދަގޫތަކާއި ކުރިމަތިވިއެވެ.
މާލެ މަގުމައްޗަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، މާލޭ މަގުމަތީ ކުނި ބަހައްޓަމުންދާ މީހުން ފާހަގަކުރަމުންދާ ކަމަށާއި އެގޮތަށް ކުނި ބަހައްޓާ މީހުންގެ ފޮޓޯ އަދި ވީޑިއޯ 9341144 ނަންބަރަށް (ވައިބަރ/ވަޓްސްއެޕް) ކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި ވެބްސައިޓު މެދުވެރިކޮށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފޮނުވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
