
ދިވެހިންގެ އެހީގައި ޣައްޒާގައި މިސްކިތެއް ބިނާކޮށްފި
ދިވެހިންގެ އެހީގައި ޣައްޒާގައި މިސްކިތެއް ބިނާކޮށްފި
ލިޔުން:
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި މިހާރު ވަރަށް ބޮޑަށް ސުންނާފަތިވެފައި އޮތް ޣައްޒާގައި ދިވެހިންގެ އެހީގައި މިސްކިތެއް ބިނާކޮށް، ބޭނުން ކުރަން ފަށައިފިއެވެ.
މިކަން ސޯޝަލް މީޑިއާގައި ހިއްސާކޮށް އެ މަސައްކަތުގައި އިސްކޮށް އުޅުނު ދިވެހި ޖަމިއްޔާއެއް ކަމަށްވާ ހިދުމަތުން ބުނީ މި ފަހަރު ދިވެހިންގެ އެހީގައި މިސްކިތެއް ބިނާކުރެވުނީ މަސްޖިދުލް އަޤްޞާ އާއި އެތާންގެ ވަށައިގެންވީ ސަރަހައްދުގެ މާތް ބިމުން ތަންކޮޅެއްގައި ކަމަށެވެ.
އަދި ޣައްޒާގައި ބިނާކުރި މިސްކިތަކީ މި ވަގުތު ވަގުތީ މިސްކިތެއް ކަމަށް ވެސް ހިދުމަތް ޖަމިއްޔާ އިން ބުނެފައިވެއެވެ.
"މިކަހަލަ އެތައް ވަގުތީ މިސްކިތްތަށް ހެދުމުގެ މަސައްކަތް މި ވަގުވުސް އަޅުގަނޑުމެން ޣަައްޒާގައި އެބަ ކުރިޔަށް ގެންދަން. މިކަމުގައި ތިޔަލޮބުވެތި ރައްޔިތުންގެ އެހީ އިންތިހާއަށް ބޭނުންވޭ. ޙާލަތުގެ ނާޒުކުކަމުން، މިއީ ވަގުތީ މިސްކިތަކަށް ވިޔަސް، ޔަގީން ކަމަކީ ﷲ ގެ ޙަޞްރަތުން ލިބޭނޭ އަޖުރަކީ ވަގުތީ އެއްޗަކަށް ނުވާނެން." އެ ޖަމިއްޔާއިން ބުންޏެވެ.
ހިދުމަތް ޖަމިއްޔާ އިން ބުބީ އީމާންކަމާއި ކެތްތެރިކަމުގެ ކިއްލާތަކެއް ފަދަ ގާޒާގެ ރައްޔިތުން އެ މިސްކިތުގައި ނަމާދުކޮށް ﷲ ހަނދުމަ ކުރަމުން ގެންދާ މަންޒަރަކީ ބަޔާން ނުކުރެވޭ ފަދަ ފިނިކަމެއް ހިތަށް ގެނެސްދޭ ކަމެއް ކަމަށެވެ.
"އުންމީދަކީ އަދިވެސް މިފަދަ ހެޔޮކަމަކަށް އިތުރު ދޮރުތައް ހުޅުވިގެން ދިއުން. އަދި އޭގައި ހިއްސާވުމުގެ ހެޔޮ ތަވްފީޤު ﷲ މިންވަރުކޮށް ދެއްވުން. ސިއްރާއި ފާޅުގައި މި މަސައްކަތަށް އެހީތެރިކަން ދެއްވި އެންމެހައި ފަރާތްތަކަށް އޭގެ ހެޔޮޖަޒާ ﷲ ދެއްވާށި." ހިދުމަތް ޖަމިއްޔާ އިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
