މާލެ: 31°C
ތިން ވަޒީރުންނަށް ރުހުންދޭން ކޮމިޓީން ފާސްކޮށްފި

ތިން ވަޒީރުންނަށް ރުހުންދޭން ކޮމިޓީން ފާސްކޮށްފި

June 5, 2024
2 ފަހަރު ބަލާފައި
ތިން ވަޒީރުންނަށް ރުހުންދޭން ކޮމިޓީން ފާސްކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން ރުހުން ނުދިން ތިން ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު މަޖިލީހުގެ ކަމާއި ގުޅޭ ކޮމިޓީން ނިންމައިފިއެވެ. މިރޭ ކުރިއަށް ދިޔަ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީންން ބޭއްވި ބައްދަލުވުމުގައި ވަނީ، އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުގެ 19 ވަނަ ދައުރުގައި ކޮމިޓީން ރުހުން ނުދިން ތިން ވަޒީރުން ކަމަށްވާ، އިސްލާމީ ކަންތައްތައްތަކާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޢަލީ ސަޢީދާއި، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރުގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމަށް ރުހުން ދިނުމަށް ނިންމާފައެވެ. ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ކޮމިޓީއަށް ހާޒިރުވެ ތިއްބެވި 9 މެންބަރުންގެ ތެރެއިން 7 މެންބަރުންގެ ވޯޓުންނެވެ. ރުހުން ދޭން ނުފެންނަކަމަށް އިދިކޮޅަށް ނިސްބަތްވާ އެއް މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. މި ސަރުކާރުގެ ވަޒީރުގެ މަޖީލީހުގައި ޖުމްލަ 22 ވަޒީރެއް ހިމެނިވަޑައިގަންނަވާއިރު، އޭގެ ތެރެއިން 19 ވަޒީރަކަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނެވެ. މަޖިލީހުގެ ކޮމިޓީން އެ ތިން ވަޒީރުންނަށް ރުހުން ނުދިން ނަމަވެސް ރައީސްލްޖުމުހޫރިއްޔާ ވަނީ އެމަނިކުފާނަށް ޤާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެ ތިން ބޭފުޅުން އަލުން ވަޒީރުކަމަށް އައްޔަން ކުރައްވާފައެވެ. އަދި އެ ތިން ވަޒީރުން ވަނީ މަގާމުގެ ހުވާވެސް ކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ