މާލެ: 31°C
އާސަންދަ ރިކޮމެންޑޭޝަން ފޯމް ބަލައިގަތުން ހުއްޓައެއްނުލަން: އާސަންދަ

އާސަންދަ ރިކޮމެންޑޭޝަން ފޯމް ބަލައިގަތުން ހުއްޓައެއްނުލަން: އާސަންދަ

June 5, 2024
2 ފަހަރު ބަލާފައި
އާސަންދަ ރިކޮމެންޑޭޝަން ފޯމް ބަލައިގަތުން ހުއްޓައެއްނުލަން: އާސަންދަ
އާސަންދަ ރިކޮމެންޑޭޝަން ފޯމް ބަލައިގަތުން ހުއްޓާލާފައިވާކަމަށް ދެކެވޭ ވާހަކަތައް އާސަންދަ ކުންފުނިން ދޮގުކޮށްފިއެވެ. މިކަމާ ގުޅޭގޮތުން އާސަންދަ ކުންފުނިން ބުނީ، އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް މިހާރު ޑޮކްޓަރު ރިކޮމެންޑޭޝަން ފޯމް ފުރައިދޭނީ ހަމައެކަނި އާސަންދަ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އާސަންދައިން ބުނީ، އާސަންދަ ރިކޮމެންޑޭޝަން ފޯމް ބަލައިގަތުން ހުއްޓާލާފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އާސަންދަ ކުންފުނިން މިހާރު ނިންމާފައިވަނީ މެނުއަލްކޮށް ޑޮކްޓަރުން ފުރައިދެއްވާ އާސަންދަ ރިކޮމެންޑޭޝަން ފޯމް ބަލައިގަތުން ހުއްޓާލާފައެވެ. ބަދަލުގައި މިހާރު އެފޯމް ފުރައިދެއްވާނީ އާސަންދަ ޕޯޓަލް މެދުވެރިކޮށް ޑޮކްޓަރުންކަމަށްވެސް އާސަންދަ ކުންފުނިން ބުނެއެވެ. އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާއަށް ދިއުމަށް ރިކޮމެންޑޭޝަން ފޯމު ބޭނުންވާނޭކަން ފާހަގަކުރަމުން އެކުންފުނިން ބުނީ، މިހާރު ބަލި މީހާ ބަލާވަގުތު، އެ ފޯމު އާސަންދަ ޕޯޓަލް ތެރެއިން ފުރުމަށްފަހު އާސަންދައަށް ސަބްމިޓް ކުރާނީ ޑޮކްޓަރުން ކަމަށެވެ. Image އާސަންދައަކީ ބޭސްފަރުވާގެ ޚަރަދު ހަމަޖެއްސުމަށް ދައުލަތުގެ އެހީތެރިކަމަށް އެދޭ ފަރާތްތަކަށް އެކަމާ ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ވުޖޫދަށް ގެނައި ކުންފުންޏެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ