މާލެ: 31°C
ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ގުޅިގެން މަސައްކަތް ކުރާނަން: މޯދީ

ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ގުޅިގެން މަސައްކަތް ކުރާނަން: މޯދީ

June 5, 2024
3 ފަހަރު ބަލާފައި
ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ގުޅިގެން މަސައްކަތް ކުރާނަން: މޯދީ
ރާއްޖެއާއި އިންޑިއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއަށްއޮތް ތަނުގައި ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. މޯދީ މިހެން ވިދާޅުވީ އިންޑިއާގެ އާއްމު އިންތިހާބުގައި އެމަނިކުފާނު ނިސްބަތްވާ ކޯލިޝަނަށް ލިބިވަޑައިގެންނެވި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖާއި ގުޅިގެނެވެ. ރައީސްގެ މެސެޖާއި ގުޅިގެން މޯދީ ވަނީ އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ. މޯދީ ވިދާޅުވީ ރާއްޖެއަަކީ އިންޑިއާގެ އަވަށްޓެރިއެއްގެ އިތުރުން، ވަރަށް ގާތް ގުޅުމެއް ބާއްވާ ގައުމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އުއްމީދުކުރައްވާ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ. https://twitter.com/narendramodi/status/1798202031678849497?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1798202031678849497%7Ctwgr%5E665503972b189b66f2a8d788e2d82d5b3e3e6bdb%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F138487 ރައީސް މުއިއްޒުގެ އިތުރުން، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވެސް ވަނީ އިންޑިއާގެ ބޮޑުވަޒީރާއި އެމަނިކުފާނު ނިސްބަތްވާ ޕާޓީން ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި މަރުހަބާ ވިދާޅުވެފައެވެ. ނައިބު ރައީސް ކުރެއްވި ޕޯސްޓުގައި ވަނީ މޯދީގެ ލީޑަރޝިޕްގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ނައިބު ރައީސްގެ ތަހުނިޔާގެ މެސެޖަށްވެސް މޯދީ ވަނީ ޝުކުރު ދަންނަވައި، ދެގައުމުގެ ގުޅުން ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. https://twitter.com/narendramodi/status/1798202621079298185?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1798202621079298185%7Ctwgr%5E665503972b189b66f2a8d788e2d82d5b3e3e6bdb%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F138487 އޭގެ އިތުރުން، ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވެސް ވަނީ މޯދީ ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ. ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯދީގެ ޒައާމަތުގައި، އިންޑިއާ އިން ރާއްޖޭގެ އިތުރުން މުޅި މި ސަރަހައްދާއި އޮތް ގުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފައިވާ ކަމަށެވެ. އަދި އިންތިހާބުން ލިބުނު ކާމިޔާބީއާ އެކު މިހާރަށް ވުރެ ބޮޑަށް އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. ޝާހިދުގެ މެސެޖަށް ޝުކުރު ދަންނަވަމުން މޯދީ ވިދާޅުވީ ރާއްޖެއާއި އިންޑީއާ ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަަށް ބަދަހިކޮށް ތަރައްގީ ގެނައުމަށް މަސައްކަތްކޮށްދޭނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ