
ފަޒީ ބުނަނީ ހިޖާމާ ކްލިނިކް ހުއްޓާލުމަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ނާންގާކަމަށް
ފަޒީ ބުނަނީ ހިޖާމާ ކްލިނިކް ހުއްޓާލުމަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ނާންގާކަމަށް
ލިޔުން:
ފަޒީގެ ހިޖާމާ ތެރަޕީ ކްލިނިކް ހުއްޓާލުމަށް ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް އަންގާފައި ނުވާކަމަށް އެތަނުގެ ވެރިޔާ ފަޒީލާ އުސްމާން ބުނެފިއެވެ.
ބައެއް މީޑިއާތަކުގައި ވާގޮތުން ހުއްދަ ނުނަގައި ފަޒީ ހިޖާމާ ކްލިނިކުން ިދުމަތްދެމުން ގެންދާތީވެ، ހެލްތް މިނިސްޓްރީން ވަނީ ކްލިނިކާ މެދު ފިޔަވަޅު އެޅުމަށް ހެލްތުގެ ލީގަލް ޑިޕާޓްމަންޓަށް އަންގާފައެވެ. މިގޮތުން ފަޒީ ކްލިނިކުން ހިދުމަތް ދެމުން އަންނަނީ ހުއްދަ ނުނަގާކަމަށް ބައެއް މީޑިއާ ތަކުގައި ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ޝައުފާ ހުސެއިން ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅޭގޮތުން މިނިވަން އާ ވާހަކަދައްކަމުން ފަޒީ ބުނީ ހެލްތް މިނިސްޓްރީން ނުވަތަ ސަރުކާރުގެ ކަމާއި ބެހޭ އެއްވެސް އިދާރާއަކުން ކްލިނިކާމެދު ފިޔަވަޅު އެޅިކަމެއް އެނގިފައި ނުވާކަމަށެވެ.
ފަޒީ ބުނީ މީޑިއާތަކުގައި އެވާހަކަތައް ޖެހިފަހުން ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ގުޅުއްވި ކަމަށާއި، މިކަމުގައި މިހާތަނަށް ހެލްތު މިނިސްޓްރީން އޭނާ އާ ދޭތެރޭ ކަންކޮށްފައިވަނީ ސަރުކާރުގެ މިނިސްޓްރީއަކުން ހިދުމަތް ހޯދުމަށް ދާ މީހަކާ މުއާމަލާތްކުރަން ޖެހޭ އުސޫލްތަކާ ހިލާފަށް މަލާމާތް ރައްދުކުރާ ގޮތަށްކަމަށެވެ.
ކްލިނިކް ހިންގަނީ ރަޖިސްޓްރީ ކޮށްގެންތޯ ސުވާލުކުރުމުން ފަޒީ ބުނީ ، ކްލިނިކް ރަޖިސްޓްރީކުރުމަށް ހެލްތުން އެދުނު ލިޔުންތައް ހުށަހެޅުމުންވެސް އެކަން ނުވިކަމަށެވެ. ފަޒީގެ ހިޖާމާ ކްލިނިކް މައްސަލާގައި މީގެ ކުރިން 2022 ވަނަ އަހަރު ހެލްތުން ވަނީ އެތަން ބަންދުކުރުމަށް އަންގާފައެވެ. ހެލްތު މިނިސްޓްރީން އެ އަހަރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާގެ ހުއްދަނެތި ހިޖާމާ ޖެހުމަކީ މަނާކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
