މާލެ: 31°C
ރުހުން ނުލިބުނު ތިން ވަޒީރުންގެ މައްސަލަ އަނެއްކާވެސް ކޮމިޓީއަށް

ރުހުން ނުލިބުނު ތިން ވަޒީރުންގެ މައްސަލަ އަނެއްކާވެސް ކޮމިޓީއަށް

June 3, 2024
2 ފަހަރު ބަލާފައި
ރުހުން ނުލިބުނު ތިން ވަޒީރުންގެ މައްސަލަ އަނެއްކާވެސް ކޮމިޓީއަށް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން ރައްޔިތުން މަޖިލީހުގެ ނިމިގެންދިޔަ ދައުރުގައި ރުހުން ނުދިން ތިން ވަޒީރުންނަށް ރުހުން ހޯދަން އަލުން ކޮމިޓީއަށް ފޮނުވައިފިއެވެ. އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުގެ 19 ވަނަ ދައުރުގައި ކޮމިޓީން ރުހުން ނުދިން ތިން ވަޒީރުންނަކީ  އިސްލާމީ ކަންތައްތައްތަކާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޢަލީ ސަޢީދާއި، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރުގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމް އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތިން ވަޒީރުންނަށް ރުހުން ނުދިން މައްސަލަ އެޖެންޑާކުރިއިރު، އެ މައްސަލަ ކޮމިޓީން ބެލުމަށް ވަނީ ނިންމާފައެވެ. މި ސަރުކާރުގެ ވަޒީރުގެ މަޖީލީހުގައި ޖުމްލަ 22 ވަޒީރެއް ހިމެނިވަޑައިގަންނަވާއިރު، އޭގެ ތެރެއިން 19 ވަޒީރަކަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޭރު އޮތް މަޖިލީހުން ނިންމީ 3 ވަޒީރަަކަށް ރުހުން ނުދިނުމަށެވެ. މަޖިލީހުގެ ކޮމިޓީން އެ ތިން ވަޒީރުންނަށް ރުހުން ނުދިން ނަމަވެސް ރައީސްލްޖުމުހޫރިއްޔާ ވަނީ އެމަނިކުފާނަށް ޤާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެ ތިން ބޭފުޅުން އަލުން ވަޒީރުކަމަށް އައްޔަން ކުރައްވާފައެވެ. އަދި އެ ތިން ވަޒީރުން ވަނީ މަގާމުގެ ހުވާވެސް ކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ