
ކަރަންޓް ބިލްތަކާ ގުޅޭގޮތުން ޝަކުވާ ގިނަ ނަމަވެސް އަލުން ޗެކްކުރި އެއްވެސް ބިލަކުން މައްސަލައެއް ނުފެނޭ: ސްޓެލްކޯ
ކަރަންޓް ބިލްތަކާ ގުޅޭގޮތުން ޝަކުވާ ގިނަ ނަމަވެސް އަލުން ޗެކްކުރި އެއްވެސް ބިލަކުން މައްސަލައެއް ނުފެނޭ: ސްޓެލްކޯ
ލިޔުން:
ކަރަންޓް ބިލްތައް ބޮޑުވި މައްސަލައިގައި ކަސްޓަމަރުންގެ ފަރާތުން ސްޓެލްކޯއަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން މިހާތަނަށް 6،700 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ، ބިލްތައް ބޮޑުވުމުން އެކަމުގެ ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން ޝަކުވާގެ ގޮތުގައި 659 ފޯނުކޯލާއި، ވައިބަރ، ވަޓްސްއަޕް، ޓެލެގްރާމް އަދި ފޭސްބުކް ހިމެނޭހެން 6،135 މެސެޖް ލިބިފައިވާކަމަށެވެ. ފޯނު މެދުވެރިކޮށް އައި ހުރިހާ ކޯލަކަށް ޖަވާބުދާރީ ވެފައިވާއިރު، މެސެޖްތަކަށްވެސް ޖަވާބުދެމުން ދާކަމަށް ސްޓެލްކޯއިން ބުނެއެވެ.
މިނިވަންއާ ވާހަކަދައްކަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ޝަކުވާ ލިބިގެން މިހާތަނަށް އަލުން ޗެކްކުރި އެއްވެސް ބިލަކުން މައްސަލައެއް އުޅޭކަމަށް ފާހަގަކުރެވިފައި ނުވާކަމަށެވެ.
" ގިނައިން ހުރީ ޑިސްކައުންޓް ދީފައިހުރި ބިލްތަކާ ފަހުން ފޮނުވި ބިލް އަޅުވާކީމަ އަންނަ ތަފާތުގެ ޝަކުވާ" އޮފިޝަލް ވިދާޅުވިއެވެ.
ސްޓެލްކޯގެ ކަރަންޓް ބިލާ ގުޅޭގޮތުން ކަސްޓަމަރުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަބަދުވެސް އޮވެއެވެ. ނަމަވެސް މިދިޔަ މަހުގެ ކަރަންޓް ބިލާ ގުޅޭގޮތުން ރައްޔިތުންގެ ޝަކުވާތަކެއް ހުރުމުން ސްޓެލްކޯއިން ވަނީ ރައްޔިތުންގެ ކަންބޮޑުވުން ހުށަހެޅުމަށް ހާއްސަ އިސްކަމެއްދީފައެވެ.
ކަސްޓަމަރުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ކަސްޓަމާ ސާވިސް ނަމްބަރު، 7788438 އަށް ވަޓްސް އެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް މިހާރު ހުށަހެޅޭނެ ކަމަށެވެ. މީގެ އިތުރުން އީމެއިލް މެދުވެރިކޮށް ވެސް ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ޝަކުވާތައް އީމެއިލް ކުރާނީ billing@stelco.com.mv އެވެ.
ސްޓެލްކޯއިން ބުނީ ބިލާ ގުޅޭގޮތުން ކަސްޓަމަރުން ފޮނުވާ ޝަކުވާތަކަށް 24 ގަޑިއިރުގެ ކުރިން ޖަވާބުދާރީވުމަށް މަސައްކަތްކުރާނެ ކަމަށެވެ. މިދިޔަ ދެމަހުގެ ކަރަންޓްބިލްތައް ބޮޑުވި މައްސަލާގައި ބައެއް ރައްޔިތުން ހިތްހަމަ ނުޖެހުން ފާޅުކުރަމުންދާއިރު، ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓް ބިލް ބޮޑުވާނީ ކަރަންޓް ބޭނުންކުރި ނިސްބަތް އިތުރުވުމުން ކަމަށެވެ. މިދިޔަ ދުވަސްތަކަކީ ހޫނު ގަދަ ދުވަސްތަކެއް ކަމުން ކަރަންޓް ބޭނުންކުރަމުންދާ ނިސްބަތް ވަރަށްބޮޑަށް އިތުރުވެފައިވާކަމަށް ސްޓެލްކޯއިން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
