މާލެ: 31°C
މިޔަރުގެ ހަމަލާއިން ނިޔާވި ސިފައިންގެ މީހާ އުނގޫފާރަށް ގެންގޮސްފި

މިޔަރުގެ ހަމަލާއިން ނިޔާވި ސިފައިންގެ މީހާ އުނގޫފާރަށް ގެންގޮސްފި

June 3, 2024
3 ފަހަރު ބަލާފައި
މިޔަރުގެ ހަމަލާއިން ނިޔާވި ސިފައިންގެ މީހާ އުނގޫފާރަށް ގެންގޮސްފި
މިޔަރެއްގެ ހަމަލާއިން ޒަހަމްވެގެން ފަރުވާދެމުން ދަނިކޮށް ނިޔާވި ޒުވާން ސިފައިން އޮފިސަރެއް ކަމަށްވާ މުހައްމަދު ޒައިދާން (24އ) ހަށިގަނޑު އޭނާގެ އުފަން ރަށް ރ. އުނގޫފާރަށް މިއަދު ގެންގޮސްފި އެވެ. އެމްއެންޑީއެފުން ބުނީ އުނގޫފާރު/ ނިއު ލައިފް، ޒައިދާން އަށް މިޔަރެއް ހަމަލާ ދިނީ ލ. މާވަށް ކައިރީ މޫދުގައި ސިފައިންގެ ތަމްރީނުގެ ބައެއް ކުރިއަށް ދަނިކޮށް ކަަމަށެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު  ވިދާޅުވީ ޒައިދާންގެ ހަށިގަނޑު އުނގޫފާރަށް ގެންގޮސްފައިވަނީ އެގާރާ ޖެހިހާއިރު ކަމަށެވެ. އަދި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނީ ރަސްމީ އިއްޒަތުގައި ކަމަށް މީޑިއާ އޮފިސަރު ވިދާޅުވި އެވެ. ކަށުނަމާދު އޮންނާނީ އެ ރަށު ދުއްތޫރު އަސާސީ އަފްރާޝީމް އަލީ މިސްކިތުގައި މިއަދުގެ ވަގުތެއްގަ އެވެ. ޒައިދާން ނިޔާވީ ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ނިޔާވީ ރޭ 8:40 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ