
ވިހި ވަނަ މަޖިލީހުގެ ފުރަތަމަ ކުއްލި މައްސަލަ: އައްޑޫ ރައްޔިތުންނަށް ސާފު ބޯފެން ނުލިބުން
ވިހި ވަނަ މަޖިލީހުގެ ފުރަތަމަ ކުއްލި މައްސަލަ: އައްޑޫ ރައްޔިތުންނަށް ސާފު ބޯފެން ނުލިބުން
ލިޔުން:
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ސާފު ފެން ނުލިބޭތީ ރައްޔިތުންގެ މަޖިލީހަށް ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނާޒިލް ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅުއްވައިފިއެވެ.
ނާޒިލް ވިދާޅުވީ އެ މައްސަލައަކީ އައްޑޫ ސިޓީ ހިތަދޫ އަދި ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނަށް ފެނަކައިން ދެމުންދާ ސާފު ފެން ނުލިބޭތީ ހުށަހަޅާ ކުއްލި މައްސަލައެއް ކަމަށެވެ.
"އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، ފޭދޫ، މަރަދޫފޭދޫ ރައްޔިތުންނަށް ފެނަކައިން ފޯރުކޮށް ދެމުންދިޔަ ސާފު ފެން ލިބުމުގައި އިންތިހާއަށް ދަތިތަކެއް ކުރިމަތިވެފައިވާތީ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބުރޫއަރައި ރައްޔިތުން އެތައް ތަކުލީފްތަކަކާއި ކުރިމަތިވަމުންދޭ،" ގަރާރު ހުށަހަޅުއްވަމުން ދެެއްކެވި ވާހަކައިގައި ނާޒިލް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ ފެނަކައިން އެ މައްސަލަ ހައްލުކުރުމަށް ނުކުޅެދިފައިވާ ކަމަށެވެ. އަދި އެކަމުގައި ޒިންމާވާން ޖެހޭ ފަރާތަކީ ކޮބައިކަން އައްޑޫ ސިޓީ ރައްޔިތުންނަށް ނޭނގޭ ކަމަށް ކުއްލި މައްސަލައިގައިވެއެވެ.
އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ފޭދޫ ރައްޔިތުން މިހާރު ތަހައްމަލް ކުރަމުންދާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދީ ރައްޔިތުންނަށް ލިބެންޖެހޭ އެންމެ އަސާސީ ހިދުމަތް ކަމަށްވާ ސާފު ފެން ފޯރުކޮށްދިނުމުގައި ދިމާވެފައިވާ މައްސަލަ ވަގުތުން ވަގުތަށް ހައްލު ހޯދައިދިނުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލަ ހުށަހަޅުއްވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
